ހަބަރު

މިދިޔަ އަހަރު މުދަލު ޒަކާތް ދެއްކި އަދަދު 4.2 ޕަސެންޓް އިތުރު

Feb 20, 2020
1

މިދިޔަ އަހަރު މުދަލު ޒަކާތް ދެއްކި އަދަދު 4.2 ޕަސެންޓް އިތުރު ވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތަކުން ދައްކައިފި އެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައްކާފައި ވަނީ 69 މިލިއަން ރުފިޔާ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު މުދަލު ޒަކާތް ދެއްކި އަދަދު އުޅެނީ 66 މިލިއަން ރުފިޔާގަ އެވެ.

މިދިޔަ އަހަރު ޒަކާތުގެ ގޮތުގައި ޑޮލަރުން ލިބިފައިވަނީ 7,468 ޑޮލަރެވެ. ނަމަވެސް އޭގެ ކުރީ އަހަރު ޑޮލަރުން ޒަކާތުގެ ގޮތުގައި ލިބުނީ 5,554 ޑޮލަރެވެ. އަދި ޑިސެމްބަރު މަހު އެކަނި މުދަލު ޒަކާތުގެ ގޮތުގައި 5.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ލިބުނީ 15 މިލިއަން ރުފިޔާ އެވެ.

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން ވަނީ މުދަލު ޒަކާތް ބަލައިގަތުން މީރާއަށް ބަދަލުކޮށްފަ އެވެ.މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.