ވިޔަފާރި

"ޝާޝް ޕާފިއުމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

"ޝާޝް ޕާފިއުމްސް" ގެ އާ ފިހާރައެއް ހުޅުވައިފި އެވެ.

އަލިކިލެގެފާނު މަގުގައި ހުޅުވި "ޝާޝް ޕާފިއުމްސް" ގެ އާ ފިހާރައިންވެސް ރީތިވުމަށް ބޭނުންވާ ތަފާތު ސާމާނުތައް ލިބެން ހުންނާނެ އެވެ.

އަދި ތަފާތު ބްރޭންޑްތަކުގެ އޮރިޖިނަލް ޕްރޮޑަކްޓްތައް އެ ފިހާރައިން ލިބޭނެ އެވެ.

އަވަސްއާ ވާހަކަދައްކަމުން އެ ފިހާރައިގެ ވެރިޔާ އަބްދުއްރަޝީދު ހަސަން (އަބްސީ) ވިދާޅުވީ "ޝާޝް ޕާފިއުމްސް" ގެ މި ފިހާރައިން ރީތިވުމަށް ބޭނުންވާ ތަފާތު ސާމާނުގެ އެންމެ ފަހުގެ އައިޓަމްތައް ލިބެން ހުންނާނެ ކަމަށެވެ.

"ހާއްސަކޮށް މާލެއިން މިވަގުތު ލިބެން ނެތް ބައެއް ބާވަތްތައް ލިބެން ހުންނާނެ." އަބްސީ ވިދާޅުވިއެވެ.