ބޮލީވުޑް

ވިޖޭ ދޭވަކޮންޑާގެ ފުރަތަމަ ހިންދީ ފިލްމު އަނަންޔާ އަށް

ވިޖޭ ދޭވަކޮންޑާ އަކީ ތެލުގޫ ސިނަމާގައި ވަރަށް ނަން މަޝްހޫރު އެކްޓަރެކެވެ. ވިޖޭގެ ފުރަތަމަ ހިންދީ ފިލްމު ބުރާސްފަތި ދުވަހު ވަނީ އިއުލާން ކޮށްފަ އެވެ. ފިލްމުގެ ބަތަލާއަކަށް ހޮވާފައިވަނީ އަނަންޔާ ޕާންޑޭ އެވެ.

ހިންދީ ބަހާއި އިތުރު ގިނަ ބަސް ތަކަކުން އުފައްދާ އަދި ވަކި ނަމެއް ކަނޑަނާޅާ މި ފިލްމު ޑައިރެކްޓްކުރަނީ ޕޫރީ ޖުގަންދް އެވެ. ޕްރޮޑިއުސަރަކީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންސް އެވެ.

މި ފިލްމު އިއުލާންކުރަމުން ދަރްމާ ޕްރޮޑަކްޝަންސް އިން ކުރި ޓުވީޓްގައި ވިޖޭ އާއި އަނަންޔާ އަދި ފިލްމުގެ އިތުރު ބައެއް ބައިވެރިންގެ ފޮޓޮއެއް ވެސް ޝެއާ ކޮށްފައި ވެއެވެ.

ވިޖޭގެ "ވޯލްޑް ފޭމަސް ލަވާ" ވަރަށް ފަހުން ވަނީ ރިލީޒްކޮށްފަ އެވެ. އޭނާއަށް ތެލުގޫ ސިނަމާގައި އެންމެ ބޮޑު މަޝްހޫރުކަމެއް ލިބުނީ "އަރްޖުން ރެޑީ" ކުޅެގެންނެވެ. މި ފިލްމުގެ ހިންދީ ކޮޕީ އަކީ ޝާހިދު ކަޕޫރާއި ކިއާރާ އަދުވާނީގެ "ކަބީރް ސިންގް" އެވެ.

އަނަންޔާ ޕާންޑޭގެ އަދި ރިލީޒްވެފައިވަނީ އެންމެ ދެ ފިލްމެވެ. އެއީ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އާއި "ޕަތީ ޕަތުނީ އައުރް ވޯ" އެވެ. މިހާރު އޭނާ ކުޅެމުންދަނީ އިޝާން ޚައްތަރު އާއެކު ހަރަކާތްތެރިވާ "ޚާލީ ޕީލީ" އެވެ.