ހަބަރު

ޓީއެމްއޭގެ ބޯޓެއް އެކްސިޑެންޓުވެ ބައެއް މީހުންނަށް އަނިޔާވެއްޖެ

Feb 24, 2020
1

ޓްރާންސް އެއާވޭސް މޯލްޑިވްސް (ޓީއެމްއޭ) ގެ ބޯޓެއް އެކްސިޑެންޓުވެ ބައެއް މީހުނަށް އަނިޔާވެއްޖެ އެވެ.

ޓީއެމްއޭގެ ބޯޓު އެކްސިޑެންޓުވެފައި ވަނީ މިއަދު 11:30 ހާއިރު ޅ. އަތޮޅުގެ ކުރެއްދޫ އައިލެންޑް ރިސޯޓު ކައިރިންނެވެ. އެ ހާދިސާ ހިނގި އިރު ބޯޓުގައި ތިބި މީހުންނަށް ވަނީ ކުދިކުދި އަނިޔާ ލިބިފަ އެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިޔަސް އަނިޔާއެއް ނުލިބެ އެވެ.

ހާދިސާ ހިނގީ އެ ސަރަހައްދު މޫސުން ގޯސްވެފައި އޮއްވާ އެ ވަގުތު ސީޕްލޭން ޖައްސަން ދިއުމުން އުސް ރާޅެއްގައި ޖެހިގެނެވެ. އެ ހާދިސާގެ ފޮޓޯތަކުން ފެންނަ ގޮތުގައި ބޯޓުގެ އެއް ބުރަފައްޗާއެކު އިންޖީނުގެ ބައެއް ހަލާކުވެފައިވާއިރު ބުރަފަތީގެ ބައެއް ވަނީ ފާލަމުގައި އަޅައިގެންފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސިވިލް އޭވިއޭޝަންގެ ބަހެއް އަދި ނުލިބެ އެވެ.