ޝައިހް އިލްޔާސް ހުސައިން

ޒުވާނުންނަށް ހާއްސަ ދަރުހެއް

"ތިބާ ﷲ އާ ދުރުކޮށްލީ ކޮން ކަމެއް ހެއްޔެވެ؟" މި މައުޟޫއަށް ޝައިހް އިލްޔާސްގެ ހާއްސަ ދަރުހެއް ބޭއްވުމަށް ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ މި ދަރުސް އޮންނާނީ އަންނަ ހުކުުރު ދުވަހުގެ ރޭ 20:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ ހޯލްގައެވެ.

ދީނީ އިލްމުވެރިޔާ އިލްޔާސް ހުސައިން ވިދާޅުވީ މި ދަރުހަކީ ހާއްސަކޮށް ޒުވާނުންނަށް ވަރަށް މުހިންމު މެސެޖްތަކެއް ލިބިގެންދާނެ ދަރުހެއް ކަމަށެވެ. މި ދަރުސްގައި ތިމާ ﷲ އާ ދުރުކުރާ ކަންކަމާއި، ވަސީލަތްތައް އަދި އެކަންކަމަށް މަގުފަހިކުރާ ކަންކަމުގެ ތަފްސީލް ޝައިޚް ދެއްވާނެ އެވެ. އަދި ހަޔާތް ބާޖަވެރި ކުރުމަށް ކުރެވިދާނެ ކަމަށް އެތައް ކަމެއްގެ ފިލާވަޅު ލިބިގެންދާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

"ވީމާ ވީހާވެސް ގިނަ ޒުވާނުން މި ދަރުސް އަޑުއެއްސެވުމަށް ވަޑައިގަތުމަކީ ވަރަށް ބޮޑު އެދުމެއް. އިންޝާﷲ މި ދަރުސް އަޑު އަހައިފިނަމަ އެއީ އެ ޒުވާނަކަށް އެތައް ހެޔޮ ކަމަކަށް މަގު ހުޅުވި، އިސްލާހުވުމަށް ލިބޭ ފުރުސަތަކަށް ވެގެންދާނެ." އަވަސްއާ ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވިއެވެ.

ދިވެހިންގެ މެދުގައި ދީނީ އިލްމު ފެތުުރުމުގައި ޝައިހް އިލްޔާސް ގެންދަވަނީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވަމުންނެވެ. އިލްޔާސް ފާހަގަކުރެެވިފައިވަނީ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލް އިލްމުވެރިއެއްގެ ގޮތުގައެވެ.

ޝައިހްގެ ދަރުސްތައް އަޑުއެހުމަށް އާންމުކޮށް ވަރަށް ގިނަ ބަޔަކު ޖަމާވެއެވެ. ދާދި ފަހުން ކާނިވާ ސަރަހައްދުގައިވެސް އިލްޔާސް ވަނީ ހާއްސަ ދަރުހެއް ދެއްވާފައެވެ. "އިސްރާއާ މިޢުރާޖު" މި މައުޟޫއަށް ދިން ދަރުސް އަޑުއެހުމަށްވެސް އެތައް ސަތޭކަ ބަޔަކު ވަނީ ޖަމާވެފައެވެ. އަދި ޓީވީއާއި ރޭޑިއޯގެ ޒަރިއްޔާއިން އެ ދަރުސް އެތައް ހާސް ބަޔަކު ވަނީ ވަގުތުން ބަލާފައެވެ.