އޮފްބީޓް

ބެންގަލޫރޫ ފުލުހުން ސްޓްރެސް ފިލުވަނީ ޒުންބާ ހަދައިގެން

އިންޑިއާގެ ފުލުހުން ސްޓްރެސް ފިލުވުމަށާއި ފިޓްކޮށް ތިބުމަށް ކުރަނީ ކޮން ކަންތައްތަކެއްތޯ ވިސްނާލިން ހެއްޔެވެ؟ އެމީހުން ސްޓްރެސް ފިލުވާ ފިޓްވާން ކުރާ ކަމަކީ ޒުމްބާ ޖެއްސުމެވެ.

ބެންގަލޫރޫ ޕޮލިސްގެ އޮފިޝަލް ޓުވިޓާ އެކައުންޓްގައި ޝެއާކޮށްފައިވާ ވީޑިއޯއަކުން ފުލުހުންގެ އޮފިޝަލުން ޒުމްބާ ޖައްސައިގެންއުޅޭތަން ފެނެ އެވެ. މި ވީޑީއޯގެ ކެޕްޝަނަކަށް ލިޔެފައިވަނީ "ރިދަމެޓިކް ސްޓްރެސް ބަސްޓާ – ނޯތު-އީސްޓް ޑިވިޝަންގެ ފުލުހުންގެ ޒުމްބާ ޕްރޮގްރާމް" މިހެންނެވެ.

ފަސްދޮޅަސް ފަސް ސިކުންތުގެ މި ވީޑިއޯ ފެށޭއިރު ފެންނަނީ ފުލުހުންގެ އޮފިސަރުންތައް ޕުޝް-އަޕްސް ހަދާ ތަނެވެ. ކުއްލިއަކަށް މަންޒަރު ބަދަލުވެ ހުރިހާ އޮފިސަރުން ޒުމްބާ ނެށުން ވަރަށް މަޖާވެފައި ނަށާ ތަނެވެ.
މި ކްލިޕުން އިތުރަށް ފެންނަ މަންޒަރަކީ އަންހެން އޮފިޝަލުން ވައްބުރަކުން އެތުރި ތިބެގެން ޒުމްބާ އަށް ނަށާކޮށް އެމީހުން އެމީހުންނަށް މަޖާކުރާ ތަނެވެ. މި ވީޑިއޯގެ ބެކްގްރައުންޑުން އިވޭ ނަށާލާހިތްވާ ކަހަލަ މިއުޒިކާއި ބެންގަލޫރޫ ފުލުހުންގެ އެނާޖީއިން ފުރިފައިވާ ނެށުން ފެނުމުން ކޮންމެ މީހަކުވެސް އެމީހަކު އިށީނދެގެން އިން ތަނުން ތެދުވެ ނަށާލާހިތްވާނެ އެވެ.

މި ވީޑިއޯ ވައިރަލްވުމުން މިހާތަނަށް 3.7ކޭ ލައިކްސް ޓުވިޓާގައި ލިބިފައި ވެއެވެ. އަދި ވަރަށް ގިނަ މީހުން މިކަމަށް ތާއީދުކޮށް ތަފާތު ކޮމެންޓްތައް ކޮށްފައި ވެއެވެ. އެތަނުން އެކަކު ބުނެފައިވާ ގޮތުގައި މިއީ ބެންގަލޫރޫގައި ނޫނަސް އިންޑިއާގެ ހުރިހާ ހިސާބެއްގައި ވެސް ކުރިޔަށް ގެންދަން ވަރަށް ރަނގަޅު ކަމެކެވެ. އެހެން މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވާ ގޮތުގައި ފުލުހުންގެ ހަށިގަނޑާއި ފުރާނަ ސިއްހަތު ރަނގަޅަށް ހުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެމީހުން އަދާކުރާ ވަރަށް ސްޓްރެސް ލިބޭ ވަޒީފާގެ ގޮތުން މިފަދަ ކަމެއް ކުރުމުގެ މުހިއްމުކަން ވަރަށް ބޮޑު ކަމަށެވެ.