ހަބަރު

ކޮމަންވެލްތުގެ ޔޫތު ކައުންސިލަށް ފުރުސަތު ހުޅުވާލައިފި

Feb 25, 2020

ކޮމަންވެލްތުގެ ޔޫތު ކައުންސިލަށް ރާއްޖެއިން ކުރިމަތިލުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ހުޅުވާލައިފި އެވެ.

ޔޫތު މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮމަންވެލްތުގެ ހުރިހާ ގައުމެއް ހިމެނޭ ގޮތަށް އެކުލަވައިލާ ކޮމަންވެލްތު ޔޫތު ކައުންސިލަށް ކުރިމަތިލުމުގެ ފުރުސތު ރާއްޖެއަށް ލިބިފައިވާ ކަމަށާއި އެ ކައުންސިލަށް ކުރިމަތި ލުމަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.

ޔޫތު ކައުންސިލަށް ކުރިމަތިލެވޭ ދާއިރާތައް

  • ޗެއަރޕާސަން
  • ވައިސް - ޗެއަރޕާސަން (އިންކްލޫޝަން އެންޑް އެންގޭޖްމަންޓް)
  • ވައިސް - ޗެއަރޕާސަން (ޕާޓްނާޝިޕްސް އެންޑް ރިސޯސަސް)
  • ވައިސް - ޗެއަރޕާސަން (ޕޮލިސީ އެންޑް އެޑްވޮކެސީ)
  • ރީޖަނަލް ރެޕްރެޒެންޓޭޓިވް (އެފްރިކާ އެންޑް ޔޫރަޕް)
  • ރީޖަނަލް ރެޕްރެޒެންޓޭޓިވް (އޭޝިއާ)
  • ރީޖަނަލް ރެޕްރެޒެންޓޭޓިވް (ކެރީބިއަން އެންޑް އެމެރިކާސް)
  • ރީޖަނަލް ރެޕްރެޒެންޓޭޓިވް (ޕެސިފިކް)
  • ރެޕްރެޒެންޓޭޓިވް - ސްޕެޝަލް އިންޓްރެސްޓް ގްރޫޕްސް (އެނީ ރީޖަން)

ޔޫތު ކައުންސިލަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭގައި ހާއްސަ ޝަރުތުތަކެއް ވެސް ހުންނަންޖެހެ އެވެ. އެގޮތުން ޒުވާނުންގެ ތަރައްގީއާއި ކުރިއެރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއްގައި މަދުވެގެން ތިން އަހަރު އުޅެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހެ އެވެ. ޒުވާނުންގެ ގައުމީ މަޖިލީހުގައި މަދުވެގެން ތިން އަހަރު އުޅެ ތަޖުރިބާ ލިބިފައިވާންޖެހެ އެވެ. މީގެ އިތުރުން 15 އަހަރާއި 27 އަހަރާދެމެދުގެ މީހަކަށް ވާން ޖެހޭނެ އެވެ.

ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ޔޫތު މިނިސްޓްރީއަށް ހުށަހަޅަންޖެހެ އެވެ.

ކޮމަންވެލްތު ޔޫތު ކައުންސިލަށް ހޮވޭ ފަރާތްތަކަށް މިއަހަރުގެ ޖޫން 20 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ރުވާންޑާގެ ވެރިރަށް ކިގާލީގައި ބާއްވާ "ކޮމަންވެލްތު ޔޫތު ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. އެ ފޯރަމްގައި ކޮމަންވެލްތު ޔޫތު ކައުންސިލްގެ އިންތިހާބު އޮންނާނެ އެވެ.