ހަބަރު

ފުރަތަމަ ފަހަރަށް ރާއްޖޭގައި ކޮރަލް ފެސްޓިވަލެއް ބާއްވައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮރަލް ފެސްޓިވަލެއް ބާއްވައި އެ ފެސްޓިވަލުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެންފި އެވެ.

މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް (އެމްސީއައި) އިން ކުރިޔަށް ގެންދިޔަ މި ފެސްޓިވަލް އޮތީ މިއަދު ކ. ތުލުސްދޫގަ އެވެ. ފެސްޓިވަލުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ސޯލިހު ތުލުސްދޫއަށް ކުރެއްވި ޒިޔާރަތުގައި ފެސްޓިވަލުގެ ތެރޭ ކުރިއަށްގެންދިޔަ ދެ ޕެނަލް ޑިސްކަޝަނެއް ބައްލަވައިލެއްވި އެވެ. އަދި، ފެސްޓިވަލްގައި ހިމެނޭ ބައެއް ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ ސްޓޯލްތަކުގައި ބަހައްޓާފައިވާ ރާއްޖޭގެ ސަގާފަތް ރަމްޒުކޮށްދޭ ބައެއް އުފެއްދުންތައް ބައްލަވައިގަތެވެ.