މާޒިޔާ

ކުޅުންތެރިންނަށް އިތުބާރު ލިބިއްޖެ: ސެކްލޮސްކީ

މާލޭގައި ކުޅުނު ފުރަތަމަ ލެގް މެޗު މެޗުގައި ބެންގަލޫރު އެފްސީ ބަލި ކުރެވިފައި ވުމުން، ދެ ވަނަ ލެގަށް ނުކުންނައިރު މާޒިޔާއަށް ބޮޑު އިތުބާރެއް ލިބިފައިވާކަމަށް އެ ޓީމުގެ ކޯޗް މަރުޔާން ސްކޮލްވްސްކީ ބުނެފި އެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފް ދެ ވަނަ ލެގް މެޗުގައި މިއަދު ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި މާޒިޔާއިން ބެންގަލޫރާ ދެކޮޅަށް ނުކުންނާނެ އެވެ. މެޗު ފަށާނީ ރާއްޖޭ ގަޑިން އިރުއޮއްސި 7:00 ޖަހާއިރު އެވެ. ފުރަތަމަ ލެގް މެޗުގައި މާޒިޔާ ވަނީ، މާލޭގައި ބެންގަލޫރުގެ މައްޗަށް 2-1 ން މޮޅުވެފަ އެވެ.

މިއަދުގެ މެޗު ލަނޑެއް ނުޖެހި އެއްވަރު ކޮށްލެވުނަސް ގުރޫޕް ސްޓޭޖަށް މާޒިޔާ ކޮލިފައި ވާނެ އެވެ. އެހެން ނަމަވެސް، ސެކްލޮވްސްކީ ބުނީ އޭނާ ގޭމް ރާވަނީ މެޗުން މޮޅުވުމުގެ އަމާޒުގައި ކަމަށެވެ.

"މެޗު އެއްވަރުކޮށް ލައިގެން ވެސް އަހަރެމެންނަށް ކޮލިފައި ވެވޭނެ، ނަމަވެސް އަހަރެމެން ވިސްނަނީ މޮޅަކާއެކު ކޮލިފައިވާން." ސެކްލޮސްކީ ބުންނެވެ.

ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް އަނިޔާވުމުން، ޓީމުގެ ކެޕްޓަނެއްގެ ޒިންމާތައް ނަގަމުންދަނީ ވައިސް ކެޕްޓަން މުހައްމަދު އިރުފާން އެވެ. އިރޭ ބުނީ ބެންގަލޫރުގެ ޓީމާއި އެ ޓީމުގެ ދަނޑަކީ މާޒިޔާއަށް އާ ކަމަކަށް ނުވާނެ ކަމަށާއި ބެންގަލޫރު ޓީމުގެ ވަރުގަދަކަން މާޒިޔާގެ ކުޅުންތެރިންނަށް އެނގޭ ކަމަށެވެ.

ބެންގަލޫރުގެ ކޯޗް ކޭލޭސް ކްއަޑްރާޓް ބުނީ، މަދުވެގެން އެއް ގޯލް ކާމިޔާބު ކޮށްގެން ބަނެގަލޫރަށް ކޮލިފައި ވެވެން އޮތްއިރު އޭނާ ގޭމް ބައްޓަން ކުރާނީ ވަރުގަދަ އެޓޭކިން ފުޓްބޯޅައެއް ކުޅުމަށް ކަމަށެވެ. އަދި ހަމައެޔާއެކު ބައިކޮޅަށް ލަނޑެއް ވަނަ ނުދިނުމަށްވެސް އިސްކަން ދޭޏެ ކަމަށެވެ.