ހަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރުކޮށްފި

ރާއްޖޭގެ މެދު އަތޮޅުތަކުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތަށް ބަންގްލަދޭޝްގެ ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މާލެ އަތޮޅާއި އއ. އާއި އދ. އަތޮޅާއި އަދި ވ އަތޮޅުގެ ސަރަހައްދުގައި ހިމެނޭ ރަށެއްގެ 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ރޭ ދަންވަރު ފުލުހަށއް ހުށަހަޅާފައިވާ ކަމަށެވެ. އަދި ބުނީ އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބަންގްލަދޭޝް އެ މީހާ ހައްޔަރުކޮށް ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

މި ތަހުގީގު ކުރަމުންދާއިރު ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓްކުރާ މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.