ފުރަން ގޮސް ދަބަހުގެ ތެރޭގައި ބޮމެއް އޮތް ކަމަށް ބުނެ ވާހަކަ ދެއްކި މީހަކު ވީއައިއޭއިން ހިފަހައްޓައިފި އެވެ.
ފުލުހުން ބުނީ ވީއައިއޭއިން ފުރަން ދިޔަ ދިވެހި އެ މީހާ، އޭނާގެ ދަބަހުގައި ބޮމެއް އޮތް ކަަމަށް ބުނަމުން ދިޔަ ކަމަށް ރިޕޯޓެއް ކޮށްފައިވާ ކަމަށާއި އެއާޕޯޓް ސެކިއުރިޓީ އިން އެ މީހާ ހިފަހައްޓައި ފުލުހާ ހަވާލު ކުރި ކަމަށެވެ.
އޭނާ ހިފަހައްޓައި ބެލި އިރު އެ ދަބަހުގެ ތެރެއިން އެފަދަ އެއްޗެއް ފެނިފައެއް ނުވެއެވެ. އެހެންވެ އެމީހާއަށް ނަސޭހަތް ދީފައި ދޫކޮށްލީ އެވެ.