ހަބަރު

ބާ ކައުންސިލްގެ ފުރަތަމަ އަހަރީ އާންމު ޖަލްސާ މާދަމާ ރޭ ބާއްވަނީ

Feb 27, 2020

ރާއްޖޭގެ ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ރެގިއުލޭޓް ކުރަން އުފެއްދި ބާ ކައުންސިލްގެ ފުރަތަމަ އެނުއަލް ޖެނަރަލް މީޓިން (އޭޖީއެމް) މާދަމާ ރޭ ބާއްވަން ނިންމައިފި އެވެ.

ބާ ކަައުންސިލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ކައުންސިލްގެ ފުރަތަމަ އޭޖީއެމް މާދަމާ ރޭ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ ޖަލްސާއަށް ހުރިހާ ވަކީލުންނަަށް ދައުވަތު އަރުވާ ކަމަށެވެ.

އޭޖީއެމްގައި ބާ ކައުންސިލްގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ފާސް ކުރާނެ އެވެ. އަދި ކައުންސިލްގެ މަސައްކަތްތަކާ ގުޅޭ ގޮތުން މެންބަރުން ހިޔާލު ފާޅު ކުރުމުގެ އިތުރުން ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވާހަކަފުޅު ދައްކަވާނެ އެވެ.