ބ. އޭދަފުށި، ދ. ކުޑަހުވަދޫ އަދި ހއ. ދިއްދޫގައި އަލަށް ހަދާ ހޮސްޕިޓަލްތަކުގެ ރީތި ކުރެހުންތައް މިއަދު ދައްކާލައިފި އެވެ.
މިއަދު ދައްކާލި ތިން ހޮސްޕިޓަލްގެ ކުރެހުން ވެސް ވަރަށް ރީއްޗެވެ. ރާއްޖޭގައި މިހާތަނަށް ހަދާފައިނުވާ ޖާގަ ތަނަވަސް، ހިތްފަސޭހަ ހޮސްޕިޓަލްތަކަކަށް އެތަންތަން ވާނެ އެވެ.
ކުރެހުންތައް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ވިސްނުން ހުރީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ދިނުމަށް ކަމަށެވެ. އާ ހޮސްޕިޓަލްގެ ކުރެހުން ފެނުމުން ހިތަށް ފިނިކަން ލިބިއްޖެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި ތިން ހޮސްޕިޓަލްގައި ވެސް 55 އެނދާއި ޕްރައިވެޓް ކޮޓަރިތަކާއި އައިސީޔޫއަކާއި އެންއައިސީޔޫ އާއި 19 އޯޕީޑީ ކޮންސަލްޓޭޝަން ރޫމް ހުންނާނެ އެވެ. އެކްސްރޭ ރޫމާއި ޕިޒިއޮތެރަޕީ ރޫމާއި އެމަޖެންސީ ރޫމާއި ދެ އޮޕަރޭޝަން ތިއޭޓަރު ވެސް ކުރެހުމުގައި ހިމަނާފައިވެ އެވެ.
ދިއްދޫ އާއި ކުޑަހުވަދޫގައި ހޮސްޕިޓަލް އަޅަނީ އަލަށް ހިއްކާފައިވާ ބިމުގަ އެވެ. އޭދަފުށީގައި ހޮސްޕިޓަލް އަޅަނީ މިހާރު ވެސް ހޮސްޕިޓަލް ހުރި ބިމުގަ އެވެ.