ހަބަރު

ރާއްޖޭގެ އިޝްތިހާރު ސީއެންއެންގައި ދައްކަން އެއްބަސްވެއްޖެ

Feb 28, 2020
1

އެމްއެމްޕީއާރްސީން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން ސީއެންއެންއާއެކު އެއްބަސްވުމެއް ހަދައި ސޮއިކޮށްފި އެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި އެ އެއްބަސްވުމުގައި ހިމެނޭ ކެމްޕޭން ކުރިއަށް ގެންދާނީ މާޗު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ތިން މަސް ދުވަހަށް ކަމަށެވެ. ކެމްޕޭން އަމާޒު ކުރާނީ ދެކުނު އޭޝިއާ އައި އޭޝިއާ ޕެސިފިކާއި މިޑްލް އީސްޓް، އެފްރިކާ، އަދި ޔޫރަޕްގެ މާކެޓްތަކަށެވެ.

މި ކެމްޕޭންގައި ސީއެންއެންގެ ހަބަރު ޗެނަލްތަކާއި ވެބްސައިޓްގެ އިތުރުން ސޯޝަލް މީޑިއާގައި ވެސް ރާއްޖޭގެ ފޮޓޯ އާއި ވީޑިއޯތައް އިޝްތިހާރު ކުރާނެ އެވެ. އަދި ރާއްޖޭގެ ގުދުރަތީ ރީތި ކަމާއި ދިވެހިންގެ ސަގާފަތާއި މަސައްކަތްތެރިކަން ވެސް ދައްކުވައި ދޭނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އާއިލީ ބޭފުޅަކު އިސްވެ ހުންނަވާ އެމްއެމްޕީއާރްސީން ރާއްޖެ އާއި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި ފަހަކަށް އައިސް އެންމެ ގިނައިން ކުރާ ކަމަކީ އެކި ގައުމުތަކުން އާދައިގެ ބްލްގަރުން ރާއްޖެ ގެނައުމެވެ.