ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައިޓީބީ ފެއާ

ކޮވިޑް 19 އިގެ ބިރަށް އައިޓީބީ ފެއާ ކެންސަލްކޮށްފި

Feb 29, 2020

އަންނަ މަހު ޖަރުމަނުގައި ބާއްވާ އައިޓީބީ ފެއާ ކެންސަލްކޮށްފި އެވެ. ފެއާ ކެންސަލް ކުރީ ދުނިޔޭގައި ހަލުއި ކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އިގެ ބިރާއެކު އެވެ.

އައިޓީބީ ބާލިން ފެއާގެ ޗެއާމަން ޑޭވިޑް ރުޓޭޒް ވިދާޅުވި ގޮތުގައި އައިޓީބީ ފެއާ ކެންސަލް ކުރަން ޖެހުނީ ކޮވިޑް 19 ވަރިރަސް ފެތުރެމުންދާތީ ރައްކާތެރިވުމުގެ ގޮތުން ކަމަށެވެ.

ފެއާ ކެންސަލް ކުރަން ނިންމާފައި ވަނީ ޖަރުމަނުގެ ފެޑަރަލް މިނިސްޓްރީ އޮފް ހެލްތާއި ފެޑަރަލް މިނިސްޓްރީ އޮފް އިކޮނޮމިކުން ވެސް އެ ގޮތަށް ނިންމުމާ ގުޅިގެނެވެ. ފެއާ ކެންސަލް ކުރިކަން މިހާރު ވަނީ ބައިވެރިވާން ރަޖިސްޓްރީ ކޮށްފައި ތިބި ކުންފުނިތަކަށް ވެސް އަންގާފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކެންސަލް ކޮށްފައިވާ ކަމަށް އެ ފެއާގައި ރާއްޖެއިން ބައިވެރިވާ ކުންފުނި ތަކުން ވެސް ވަނީ ބުނެފަ އެވެ.

އައިޓީބީގައި މި އަހަރު ރާއްޖޭގެ 99 ކުންފުންޏަކުން 244 މީހުން ބައިވެރިވާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެފައިވެ އެވެ. މި ފެއާ ކެންސަލް ކުރުމާއެކު ޓޫރިޒަމް ސެކްޓާ ޕްރޮމޯޓް ކުރަން ލިބެން އޮތް ބޮޑު ފުރުސަތެއް ބަންދުވީ އެވެ.

އަންނަ މަހުގެ 4 އިން 8 އަށް ބާލިންގައި ބާއްވަން ޝެޑިއުލް ކުރި މި ފެއާގައި ދުނިޔޭގެ އެކި ގައުމުތަކުން 10،000 އަށްވުރެ ގިނަ އެގްޒަބިޓަރުން ބައިވެރިވާން އޮތެވެ.