ޑރ. މުހައްމަދު ޖަމީލް އަހުމަދު

ފެނިގެން ދިިޔައީ ރައީސް ޔާމީން ބަލައިގެންފައިވާ މިންވަރު: ޖަމީލް

Feb 29, 2020
4

ލޯކަލް ކައުންސިލް އިންތިހާބުގެ ޕީޕީއެމް ކެމްޕޭން އިފްތިތާހު ކުރަން ރޭ ބޭއްވި ޖަލްސާއިން ދައްކުވައި ދިނީ ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ އިހުލާސްތެރި މަސައްކަތް ރައްޔިތުން ބަލައިގަތުން ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސް އަދި އެ މަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.

ޖަމީލް ވިދާޅުވީ މާލޭގައި އަލިމަސް ކާނިވާ ހިންގި ބިމުގައި ރޭ ޕީޕީއެމާއި ކޮންގްރެސް ޕާޓީން ބޭއްވި ޖަލްސާއިން ދައްކުވައި ޕީޕީއެމްގެ ސަރުކާރެއް އޮތް އިރު، ރައީސް އަބްދުﷲ ޔާމީނާއި އެ ސަރުކާރުގެ އިހުލާސްތެރި މަސައްކަތް ރައްޔިތުން ބަލައިގެންފައި ވުން ކަމަށެވެ.

ޖަމީލް އަދި ވިދާޅުވީ އެ ކަން އެގޮތަށް އާންމުން ބަލައިގެންފިކަން ކަށަވަރުވާއިރު ރޭގެ ޖަލްސާއިން އެހެން ތިން ކަމަކަށް ވެސް ރައްޔިތުން ނޫނެކޭ ބުނެފިކަން ސާބިތު ވެފައިވާ ކަމަށެވެ.

އޭގެ އެއް ކަމެއްގެ ގޮތު ޖަމީލް ފާހަގަ ކުރެއްވީ އިސްލާމް ދީނާ މިނިވަކަން ކަމަށް ގޮންޖެހުމެވެ. ދެވަނަ ކަމަށް އާންމު ވަމުން ދާ ކޮރަޕްޝަނެވެ. ދެނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތެވެ.

ޖަމީލަކީ ތުހުމަތުތަކާއެކު ރައީސް ޔާމީންގެ ނައިބު ކަމުން ބޭރު ކޮށްލެވުނު ބޭފުޅެކެވެ. އޭގެ ފަހުން އަމިއްލަފުޅަށް އިނގިރޭސި ވިލާތަށް އަރުވާލެއްވިގެން ހުންނަވައި އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ރައީސް ޔާމީންގެ ސަރުކާރު ބަދަލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ، އެކަމަށް އިސް ނަގައި ފުރަތަމަ އުފެއްދި އިއްތިހާދުގެ ލީޑަރަކީ ވެސް އޭނާ އެވެ.

ނަމަވެސް މި ސަރުކާރު އައިތާ ގިނަ ދުވަސްތަކެއް ނުވަނީ ޖަމީލް ވަނީ މި ސަރުކާރަށް ފާޑު ވިދާޅުވެ އަލުން ރައީސް ޔަމީނާ ގުޅިވަޑައިގެން އެކުގައި އަލުން މަސައްކަތް ފައްޓާވާފަ އެވެ.