ހަބަރު

ޔަމަހާ މޮޓޯ ގާޑިއަން ޕްރޮމޯޝަނަށް ހާއްސަ ދެ ދުވަސް!

އެލިޔާ އިން ވިއްކާ ޔަމަހާ ސައިކަލަކީ ދިވެހިންގެ މެދުގައި މަގުބޫލު އެއް ސައިކަލް ބްރޭންޑެވެ. އެހެންވެ އެލިއާ އިން ވަނީ މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން އަގު ހެޔޮކޮށް ސައިކަލް ލިބޭ ގޮތަށް "ޔަމަހާ މޮޓޯ ގާޑިއަން" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށާފަ އެވެ.

އެލިއާ އިން ބުނީ "ޔަމަހާ މޮޓޯ ގާޑިއަން" ގެ ނަމުގައި ކުރިއަށް ގެންދާ މި ހާއްސަ ޕްރޮމޯޝަންގައި ހަރަކާތް ތަކެއް މާދަމާ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 22:00 އާ ހަމަ އަށާް ކުރިއަށްދާނެ ކަމަށެވެ. މި ހަރަކާތް ކުރިއަށްދާނީ ޔަމަހާ ޝޯރޫމް ސަރަހައްދުގަ އެވެ. މި ހަރަކާތްތަކުގެ ދަށުން ސައިކަލު ގަންނަ ކޮންމެ މީހަކަށް ހާއްސަ އަގުތަކެއްގައި ސައިކަލް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގައި ސައިކަލު ގަންނަ ކަސްޓަމަރުންނަށް އެއްވެސް އިތުރު ހަރަދަކާއި ނުލާ ކޮމްޕްރިހެންސިވް އިންޝުއަރެންސް އާއި އެކު ސައިކަލް ލިބޭނެ ކަމަށް އެލިއާ ބުންޏެވެ. އަދި ސައިކަލަށް ދައްކާ ފުރަތަމަ ޕޭމަންޓްއާއި އެކު ކަސްޓަމަރުގެ އަމިއްލަ ނަމަށް ރަޖިސްޓްރީ ކުރުމަށްފަހު ސައިކަލު ހަވާލު ކުރާނީ ކަސްޓަމަރުގެ އަމިއްލަ ނަމުގައި ޕްރައިވެޓް ނުވަތަ "ޕީ" ބޯޑުގައި ކަމަށާއި މީގެ އިތުރުން އެއްކޮށް ފައިސާ ދައްކައިގެން ސައިކަލު ގަންނަ ފަރާތަކަށް 4000 ރުފިޔާއާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

އަމާނާ ތަކާފުލް އާއި ގުޅިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި އަމާނާ ތަކަފުލްގެ ކޮމްޕްރިހެންސިވް އިންޝުއަރެންސް ދަށުން ސައިކަލް ގަންނަ ފަރާތަކުގެ ސައިކަލު ގެއްލުމުން އަދި އެކްސިޑެންޓްތަކުގައި އާއި މިނޫންވެސް އިތުރު ހާދިސާތަކުގައި ގެއްލުން ވެއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެލިއާ އިން ބުނެ އެވެ.

އެލިއާ އިން މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ސިލްސިލާކޮށް ކުރި އަށް ގެންދާ މި ޕްރޮމޯޝަން މިމަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.