ބޮލީވުޑް

ޕްރިޔަންކާ އާއި ދީޕިކާ އަށް ފަހު ރިތިކް ހޮލީވުޑަށް؟

ރިތިކް ރޯޝަން އަކީ ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ބަތަލުންގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ގިނަ ފޭނުން ތިބި އެއް އެކްޓަރެވެ. ފޭނުން ރިތިކް އަށް ފިދާ ވަނީ އޭނާގެ އެކްޓިން ހުނަރުގެ އިތުރުން ސިފަވެސް ރީތިކަމުންނެވެ.

"ކާބިލް" އެކްޓަރުގެ ފޭނުން އޭނާއަށް ހިތްދީފައިވަނީ ފުރަތަމަ ފިލްމު "ކަހޯ ނާ ޕިޔާރް ހޭ" ނިކުތް އިރުން ފެށީގެންނެވެ. މިހާރު ބޮލީވުޑުން ލިބޭ ހަބަރުތައް ބުނާ ގޮތުގައި ރިތިކް ހޮލީވުޑް ފިލްމު އިންޑަސްޓްރީއަށް ވަނުމަށް ދަނީ ތައްޔާރު ވަމުންނެވެ.

މި ހަބަރު މިހާރު މާ ބޮޑަށް ހޫނުވެގެން އުޅެނީ ކެލިފޯނިއާގެ އެޖެންސީއަކުން ދާދިފަހުން ބައެއް ޕްރޮޖެކްޓް ތަކަށް ރިތިކް ލައްވާ ސޮއި ކުރުވާފައިވާތީ އެވެ. މި އާ ޕްރޮޖެކްޓްތަކުގެ ތަފްސީލު އަދި ހާމަކޮށްފައި ނުވި ނަމަވެސް މިހާރުއްސުރެ ވެސް ރިތިކް ފޭނުންތައް ހީވަނީ އުފަލުން ގޮސް ހަލާކުވެދާނެ ހެންނެވެ.

ކެލިފޯނިއާގެ އެޖެންސީއަކުން ރިތިކް ލައްވާ ސޮއި ކުރުވި ވާހަކަ އޭނާގެ މެނޭޖަރު ވަނީ ޔަގީންކޮށްދީފަ އެވެ. މި އެޖެންސީން ރިތިކްގެ އުންމީދުތައް ހިފައިގެން ދުނިޔޭގެ އެކި ހިސާބުތަކަށް ދާނެ އެވެ.

ރިތިކްގެ މިދިޔަ އަހަރު ނުކުތް "ސުޕަ 30" އާއި "ވޯ" އަށް ވަރަށް ބޮޑު ކާމިޔާބެއް ލިބިފައި ވެއެވެ. ނަމަވެސް އޭގެ ފަހުން އޭނާ އެއްވެސް ފިލްމެއް ކުޅެން މިހާތަނަށް ސޮޔެއް ނުކުރެ އެވެ. ރިތިކް އަތުގައި މިހާރު އޮތި ހަމައެކަނި އޭނާގެ ބައްޕަ ރާކޭޝް ރޯޝަންގެ "ކްރިޝް 4" އެވެ.

މި ފިލްމުގެ ބަތަލާގެ ރޯލު ދީޕިކާ ޕަދުކޯން ހަމަޖައްސަން ފިލްމު އުފައްދާ ފަރާތުން ނިންމާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. ނަމަވެސް މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ދީޕިކާ އަށް ވިސްނިފައެއް ނެތެވެ.