އޮފްބީޓް

ސްކޫލަށް ކުދިން ގެންދިޔަ މީހަކު ހަނދާންނެތި ދިޔައީ ކުދިން ނުލާ

މަންމައަކަށް ވުމަކީ އެހަ ފަސޭހަކަމެއް ނޫންކަން އެންމެންނަށް ވެސް އެނގޭނެ އެވެ. މަންމައަކު ކުރަން ޖެހޭ އެތައް ސަތާކަ ކަމެއް އޮވެ އެވެ. އަދި ބައެއް ފަހަރު މިކަންކަން ކުރަން ޖެހެނީ އެއްވެސް ކަހަލަ ރޭވުމެއް ނެތި އެވެ. މިފަހަރު އިންޓަނެޓުގައި ވައިރަލް ވެފައިވާ ވީޑިއޯ އަކީ މިފަދަ މަންމައެއްގެ ވީޑިއޯ އެކެވެ.

މި ވީޑިއޯ ކްލިޕްގައި ފެންނަނީ މަންމައަކު ވަރަށް ބާރަށް ހޭ ތަނެވެ. ދަރިން ގޮވައިގެން ސްކޫލަށް ލާން އޭނާ ދިޔައިރު ގޭގައި ކުދިން ބައިތިއްބާފައި ދެވިގެންނެވެ. މި ހާލަތުގައި ވެސް އެ މަންމަޔަކަށް މަޖާވެގެން އުޅޭ ގޮތުން މި ވީޑިއޯއަށް ސަމާލުކަން ލިބުނުލެއް ގިނަވީކަމަށް ބެލެވެ އެވެ.

"އޭނަ ހިތުން އޭނާ ކާރު ދުއްވާފައި ދިޔައީ ދަރިން ސްކޫލަށް ލާން ވެގެން. ނަމަވެސް އެ ކާރަކު ކުދިންނެއް ނެތް. ހީނ ހީނ ހަލާކުވެއްޖެ،" ވީޑީއޯ އަށް ކޮމެންޓްކުރި މީހަކު ބުންޏެވެ.

މި ވީޑިއޯގައި އެ މަންމަ ކޮންޓްރޯލެއް ނެތި ހެމުން ހެމުން ބުނަނީ އޭނާ ހީކުރީ ކާރުގައި ކުދިން ސްކޫލަށް ލާން ދިޔައިރު އޭގައި ކުދިން ތިބި ކަމަށެވެ. ނަމަވެސް ކާރުގައި ކުދިން ނެތްކަން އެނގުނީ ސްކޫލާ ހަމަޔަށް ދެވުނު ފަހުންނެވެ. އެހެންވެ އޭނާއަށް ޖެހޭނީ އަނެއްކާވެސް އަނބުރާ ގެޔަށް ގޮސް ކުދިން ނަގައިގެން އަނބުރާ ސްކޫލަށް ގެންދަން ކަމަށެވެ.

ފެބްރުއަރީ 24 ގައި މި ވީޑިއޯ ޝެއާ ކުރި ފަހުން ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން ވީޑިއޯ ބަލައި 3.7 ލައްކަ އަށް ވުރެ ގިނަ ކޮމެންޓް ކޮށްފައި ވެއެވެ. އަދި އެއް ލައްކައަށް ވުރެ ގިނަ ރިޓުވީޓް ވެސް ކޮށްފައި ވެއެވެ.

ކޮމެންޓްކުރި އެކަކު ބުނީ އޭނާއަކީ ވެސް މަންމައަކަށް ވާތީ ވީޑިއޯގައި ފެންނަ މަންމަގެ އިހްސާސްތައް ވަރަށް ބޮޑަށް އެނގޭ ކަމަށާއި އެ މަންމަ ކޮންމެ ދުވަހަކު ކުރާ މަސައްކަތުން ޗުއްޓީއެއް ހޯދަން ފެންނަ ކަމަށެވެ. އަދި އޭނާ ހޭތަން ފެނިފައި ކޮމެންޓްކުރި މީހާ އަށް ވެސް ވަރަށް ހެވިއްޖެ ކަމަށް ބުނެފައި ވެއެވެ.