ހަބަރު

ޓޫރިސްޓުން ތިބި ޔޮޓެއް ފަރަށް އަރައިފި

Mar 3, 2020

ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރު ކުރަމުން ދިޔަ ޔޮޓެއް ފަރަށް އަރައިފި އެވެ. މީހަކަށް ގެއްލުމެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނީ "ގްރޭންޑެޒާ" ނަމަކަށް ކިޔާ އެ ޔޮޓު ގއ. ގެމަނަފުށީގެ ހުޅަނގު އުތުރު ފަރާތުގެ ފަރަށް އެރުމުން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގި އިރު ޔޮޓުގައި 16 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތ ފަތުރުވެރިންނާއި ނުވަ ފަޅުވެރިއެކެވެ. ޔޮޓު ފަރަށް އެރުމާ ގުޅިގެން ޔޮޓުގައި ތިބި މީހުން ވަނީ ގެމަނަފުއްޓަށް ގެންގޮސްފަ އެވެ.

ޔޮޓު ފުންކުރުމަށް ޔޮޓުގެ ވެރިފަރާތާއި އެމްއެންޑީއެފުން ވަނީ މަސައްކަތް ފަށާފަ އެވެ.