ވިޔަފާރި

ހޫނުގެ އަސަރު ކުޑަކޮށްދޭ ގަލެއް އެސްޓީއޯއިން!

Mar 4, 2020

ހޫނު ގަދަ ދުވަސްވަރު ގޭގެ ހޫނު މަޑު ކުރެވޭނެ ގޮތެއް ވެސް ހޯދަން އެބަ ޖެހެ އެވެ. ގޭގެ އެ ތެރޭގައި އުފެދޭ ހޫނު މަޑު ކުރެވޭނެ ގޮތަކީ ކޮބައި ހެއްޔެވެ؟ އެކަމަށް ބޭނުން ކުރެވި ދާނެ އުފެއްދުމެއް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން މިހާރު ވިއްކަ އެވެ.

އެސްޓީއޯ އިން ވިއްކާ "ރެނަކޮން އޭއޭސީ" ބްލޮކްސް އަކީ ގަދަ ހޫނުން ސަލާމަތް ކޮށްދޭ ލުއި އަދި ވަރުގަދަ އުފެއްދުމެކެވެ.

އެސްޓީއޯ އިން ބުނީ "ރެނަކޮން އޭއޭސީ" ގާ ބޭނުން ކޮށްގެން އިމާަރާތް ރޭނުމުން އެ އިމާރާތުގެ ތެރޭގައި އުފެދޭ ހޫނު ވައި ބޭރު ކޮށްދޭނެ ކަމަށެވެ. އޭގެ ސަބަބުން އެއާ ކޮންޑިޝަންގެ ހަރަދު 20 ޕަސެންޓް ކުޑަ ކޮށްދޭނެ ކަމަށެވެ.

އޭގެ ނަތީޖާއަކީ ކަރަންޓު ބިލް ކުޑަވުމަށް މަގު ފަހި ވެގެން ދިއުމެވެ. މީގެ އިތުރުން މި ގަލުގެ ސަބަބުން އިމާރަތް ކުރުމުގެ މަސައްކަތް އަވަސް ކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި މި ގަލަކީ އާއްމުކޮށް ރާނަން ބޭނުން ކުރާ އާދައިގެ އެޅި ގަލަށްވުރެ ވަރުގަަދަ އެއްޗެއް ކަމަށެވެ. މި ގައު ބޭނުންކޮށްގެން ރޭނުމުން އަލިފާނުން ރައްކާތެރިކޮށްދޭ މިންވަރު ތިން ގުނަ ބޮޑު ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯއަކީ ރާއްޖޭގެ ބާޒާރަށް އިމާރާތް ކުރުމުގެ ދާއިރާ އަށް ބޭނުން ވާނެ އާ ގިނަ އުފެއްދުންތަކެއް ތަކެއް ތައާރަފުކޮށްދީފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ރާއްޖެ އަށް ތައާރަފުކޮށްފައިވާ ރެޑީމިކްސް ސިމެންތި އަކީ ގިނަ ފަސޭހަ ތަކެއް ގެނެސްދިން އެއްޗެކެވެ.