ވިޔަފާރި

އަނަންތަރާ ހިންގާ ތިން ރަށް 43 މިލިއަން ޑޮލަރަށް ވިއްކާލައިފި

Mar 4, 2020
1

ރާއްޖޭގައި އަންނަތަރާ ކުންފުނިން ރިސޯޓު ހިންގާ ތިން ރަށް 43 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 666 މިލިއަން ރުފިޔާ) ވިއްކާލައިފި އެވެ.

އަނަންތާރާގެ ރިސޯޓުތައް ހިންގާ މައިނާ އިންޓަނޭޝަނަލްގެ މާލީ ހިސާބުތަކުގައިވާ ގޮތުން އެ ކުންފުނިން ބަލަހައްޓާ ރާއްޖޭގެ ތިން ރިސޯޓެއް ވަނީ ވިއްކާލާފަ އެވެ.

އެ ކުންފުނިން ވިއްކާލާފައިވަނީ އަނަންތަރާ ވެލި މޯލްޑިވްސް އާއި ވެލިގަނޑު ހުރާގައި ރިސޯޓް އަދި ނަލަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑު އިތުރުން މުވައްޒަފުން ބޭނުންކުރާ ކ. ބޮޑުހުރާ އެވެ. މި ރަށްތައް ހަދާފައިވަނީ އެ ފަޅެއްގެ ތެރޭގަ އެވެ.

ރާއްޖޭގެ ރިސޯޓުތައް ވިއްކާލުމަކީ އާއްމު ކަމެވެ. އާއްމުކޮށް ރިސޯޓެއް ވިއްކާލަނީ ހުޅުވާތާ ހަތް އަހަރުގެ ތެރޭގަ އެވެ.