ހަބަރު

ހުޅުމާލޭ ޑިސްޓްރިބިއުޝަން ސެންޓަރުގެ ޔުނިޓުތަކެއް ކުއްޔަށް ދެނީ

Mar 5, 2020

ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޑިސްޓްރިބިއުޝަން ސެންޓަރުން ޔުނިޓްތަކެއް ކުއްޔަށް ދޫ ނަގަން އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ވިޔަފާރީގެ ބޭނުމަށް ޑިސްޓްރިބިއުޝަން ސެންޓަރު ކުއްޔަށް ނަގަން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

ޑިސްޓިރިބިއުޝަން ސެންޓަރަކީ ވިޔަފާރިތަކަށް މުދާ ރައްކާ ކުރުމަށް ބޭނުންވާ ގުދަންތައް ހިމެނޭ އިމާރާތަކެވެ. އެތަނުގައި ހޯލްސޭލްއަށް 14 ޔުނިޓަކާއި އިންޑަސްޓްރިއަލް މަސައްކަތާ ގުޅޭ 13 ޔުނިޓަކާއި އަދި ސަޕޯޓަށް 20 ޔުނިޓް ހުންނާނެ އެވެ. އަދި އެ ފެސިލިޓީ މި އަހަރު ފުރަތަމަ ކުއާޓާ ތެރޭގައި ނިމޭނެ ކަމަށް އެޗްޑީސީން ވަނީ ލަފާކޮށްފަ އެވެ.