ހަބަރު

ޝާހިދު ބުރުނާއީއަށް ފުރާވަޑައިގެންފި

ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު ބްރޫނާއީ ދާރުއްސަލާމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ދަތުރުފުޅުގައި ބްރޫނާއީގެ ރަސްގެފާނު ސުލްތާން ހަސަނުލް ބޮލްކިއާ މުއިއްޒުއްދީން ވައްދައުލާގެ އަރިހަށް ޝާހިދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ ކަމަށާއި އެ ގައުމުގެ ފޮރިން މިނިސްޓަރާއި، އެޑިއުކޭޝަން މިނިސްޓަރު އަދި ހެލްތު މިނިސްޓަރާ ބައްދަލު ކުރައްވާނެ ކަމަށެވެ.

އެ ބައްދަލުވުންތަކުގައި ދެގައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމާއި، އިޖްތިމާއީ އަދި އިގްތިސާދީ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވަން ހަމަޖެހިފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ބްރޫނާއީގައި ދިވެހި ފަސް ދަރިވަރަކު ކިޔަމުންދާ ކަމަށާއި ޝާހިދުގެ ދަތުރުފުޅުގައި އިތުރު ދިވެހިންނަށް ސްކޮލަރޝިޕްގެ އިތުރު ފުުރުސަތުތައް އެ ގައުމުން ހޯދުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންނެވެ.

ރާއްޖެއާއި ބްރޫނާއީ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރީ 31 މާޗް 1984 ގައެވެ.