ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިމިގްރޭޝަން މުވައްޒަފުން މަދުކަމުން ފްލައިޓްތައް ފުރުން ލަސްވެއްޖެ

Mar 8, 2020
11

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހިދުމަތް ދޭން މިއަދު ނުކުތް އިމިގްރޭޝަން މުވައްޒަފުން މަދުކަމުން ފްލައިޓްތައް ފުރުން ލަސްވެއްޖެ އެވެ.

ރާއްޖެއަށް ގިނަ އަދަދަކަށް ޓޫރިސްޓުން ގެންނަ ބޮޑު އެއާލައިންއެއްގެ އިސް ބޭފުޅަކު މިއަދު ވިދާޅުވީ އިމިގްރޭޝަން މުވައްޒަފުން ނުކުތް އަދަދު މިއަދު ވަރަށް މަދު ކަމަށެވެ.

"އިމިގްރޭޝަން ގިނަ މުވައްޒަފުން މިއަދު ނުނިކުމޭ. މިއަދު ގާތްގަނޑަކަށް 16 ކައުންޓަރު ހުރީ ހުސްކޮށް. އެހެންވެ ލަސްވެގެން ދިޔައީ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ގިނަ އެއާލައިންތަކެއް މިއަދު ފުރާފައިވަނީ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުންނެވެ.

އިމިގްރޭޝަންގެ ތަރުޖަމާނު ހަސަން ހަލީލް މިއަދު ވިދާޅުވީ އެއާޕޯޓުގައި މުވައްޒަފުން މަދުވުމުގެ ދަތިކަން އިމިގްރޭޝަން އަށް ކުރިމަތިވެފައިވާ ކަމަށެވެ.

"މިއަދު މުވައްޒަފުން ނުނިކުތުމުގެ މައްސަލައެއް ނޫޅެ. އެކަމަކު އަޅުގަނޑުމެންގެ މުވައްޒަފުން ވަރަށް މަދު. ނަވާރަ ސަތޭކަ ނުވަދިހަ ހަ ވަނަ އަހަރު ވެސް އެއާޕޯޓް އިމިގްރޭޝަންގައި ތިބި ވަރަށް މިހާރު ވެސް މުވައްޒަފުން ތިބީ. އެހެންވެ، ދިމާވެގެން އުޅޭ މައްސަލައެއް މިއީ،" ހަލީލް ވިދާޅުވި އެވެ.