ހަބަރު

އުމަރު ޕީޕީއެމަށް ސޮއި ކުރައްވައިފި، މައުމޫނުގެ މަރުހަބާ

Sep 7, 2015

ހޯމް މިނިސްޓަރު އުމަރު ނަސީރު ޕީޕީއެމަށް ސޮއި ކުރައްވައިފިއެވެ.

ޕީޕީއެމާ އުމަރު ގުޅި ވަޑައިގަތީ ޖުމްހޫރީ ޕާޓީން ވަކިވެ ވަޑައިގެން ދުވަސްތަކެއް ވަންދެން ހުންނެވުމަށްފަހުއެވެ. އުމަރު ޖޭޕީން ވަކިވެވަޑައިގަތީ އެ ޕާޓީން އެމްޑީޕީއާ ގުޅިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ފެށުމުންނެވެ.

އުމަރު އެ ޕާޓީއާ ގުޅިވަޑައިގަތުމުން ރައީސް މައުމޫން ވަނީ މަރުހަބާ ވިދާޅުވެ ޓްވީޓެއް ވެސް ކުރައްވާފަ އެވެ. އަދި ވިދާޅުވެފައި ވަނީ އުމަރަކީ އެސެޓެއް ކަމަށެވެ. އުމަރު ޕާޓީއަށް ސޮއި ކުރެއްވި އިރު ރައީސް ޔާމީންގެ 2018 އިގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ވަނީ ފައްޓަވާފަ އެވެ.