ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހެލްތުގެ މުވައްޒަފުންނަށް ކެއުމާއި ސައި ހަދާނެ ބަޔަކު ހޯދަނީ

Mar 9, 2020
2
ހެލްތު މިނިސްޓްރީ ހުންނަ އިމާރާތް: މަސައްކަތުގައި އުޅޭ އިރު މުވައްޒަފުންނަށް ސަޔާއި ކެއުން ބޭނުންވޭ
0%
0%
0%

ކޮރޯނާ ވައިރަހާއި ގުޅިގެން އެކަމާ ގުޅުންހުރި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ސްޓާފުންނާއި ވޮލަންޓިއަރުންގެ ކެއުމާއި ސައިގެ ކަންތައްތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ހެލްތު މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން އެ މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ވޮލަންޓިއަރުންގެ ކެއުމާއި ސައިގެ ކަންކަން ހަމަޖައިދޭން ޝައުގުވެރިވާ ފަރާތްތަކުން އެއްދުވަސް ތެރޭގައި އެ މިނިސްޓްރީގައި ރެޖިސްޓްރީ ކުރަން އެދޭ ކަމަށެވެ.

މިނިސްޓްރީން ބުނީ އެކަމަށް ޝައުގުވެރިވެ ރެޖިސްޓްރީ ކުރާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް ސެޝަން އެއް މިމަހުގެ 11 ވަނަ ދުވަހު އޮންނާނެ ކަމަށާއި އަންދާސީ ހިސާބު މިމަހުގެ 15 ވަނަ ދުވަހު ހެނދުނު މިނިސްޓްރީން ބަލައިގަންނާނެ ކަމަށެވެ.

ދުނިޔޭގެ ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރހާއެކު މިހާތަނަށް ރާއްޖޭގައި ތިބި ހަތަރު ބިދޭސީއެއްގެ ގައިން ވެސް ވަނީ ބަލި ފެނިފަ އެވެ. މި ބަލި ދުނިޔެއަށް ފެތުރެން ފެށި ހިސާބުން ފެށިގެން ހެލްތު މިނިސްޓްރީގެ މުވައްޒަފުން ދަނީ 24 ގަޑިއިރު އެކަމާ ގުޅޭ މަސައްކަތްތައް ކުރަމުންނެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910