ހަބަރު

މަސް ހިފަން ފޭބި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

އެނބޫދޫ ފަރުމައްޗަށް ދަގަނޑު ޖަހައިގެން މަސްހިފަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ މަސް ހިފަން ފޭބި މީހެއްގެ ހަބަރެއް ނުވެގެން އުޅޭ ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން ކޯސްޓްގާޑް ޑައިވަރުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަނޑުގެ އަޑިން އޭނާގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

އޭނާގެ ހަށިގަނޑު މިހާރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އޭނާ މަހަށް ގޮސްފައިވަނީ އިތުރު ބަޔަކާއެކު ޑިންގީއެއްގަ އެވެ. އަދި މަރުވެފައި އޮއްވާ ފެނުނީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް ޔައުގޫބް އަހްމަދު އެވެ.