ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ވިލަމެންދޫ ރިސޯޓުން ދިވެއްސަކު ކޮވިޑް-19އަށް ޓެސްޓު ކުރަނީ

އދ. ވިލަމެންދޫ ރިސޯޓުގައި މަސައްކަތްކުރާ ދިވެއްސަކު ކޮވިޑް-19 އަށް ޝައްކު ކުރެވޭތީ ޓެސްޓު ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ ވިލަމެންދޫގައި މަސައްކަތް ކުރާ މީހާ ކޮވިޑްގެ އަލާމާތްތައް ހުރުމުން އޭނާގެ ޓެސްޓު ހެދުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ. އަދި މޮނިޓާ ކުރުމަށާއި "ކޮންޓެކްޓް ޓްރޭސިން" ހެދުމަށް އެ ރަށަށް އަރައި ފޭބުން ވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލާފައި ކަމަށް އެޗްޕީއޭ އިން ކުރި ޓުވީޓުގައިވެ އެވެ.

މިހާތަނަށް ރާއްޖެއިން ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވިއިރު މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ހުސް ވެސް ބިދޭސީންނެވެ. އެއީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުން ހަތަރު މީހަކާއި އއ. ބަތަލާ ރިސޯޓުން ދެ މީހަކެވެ. މި ދެ ރިސޯޓު ވެސް ވަނީ އަރައިފޭބުން ވަގުތީ ގޮތުން މަނާ ކޮށްފަ އެވެ.

މިހާތަނަށް އެއްވެސް ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްއެއް ނުވެ އެވެ.