ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދަނގެތީ ބޭސް ފިހާރަ ފަޅާލައިފި

އދ. ދަނގެތީގައި ހުންނަ އެސްޓީއޯ ބޭސްފިހާރަ ފާޅާލައި އެ ފިހާރައިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ ދަނގެތީ ބޭސްފިހާރަ ފަޅާލައި ވައްކަން ކުރީ އެތާނގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ ކަމަށެވެ. އަދި ބުނީ މިއަދު ހެނދުނު ހުށަހެޅި އެ މައްސަލަ ބެލި އިރު އެ ފިހާރައިން 15،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

އެސްޓީއޯގެ އެ ބޭސްފިހާރަ ފާޅާލާފައި މި ވަނީ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ރާއްޖޭން ފެނި އެ ބިރުވެރިކަމުގައި އާންމުން ތިއްބަ އެވެ. މި ދަނޑިވަޅުގައި ރައްކާތެރިވުމުގެ ގޮތުން ގިނަ އަދަދެއްގެ މީހުން ދަނީ ބޭސްފިހާރަތަކުން ހޭންޑް ވޮޝް އާއި ހޭންޑް ސެނެޓައިޒާ އަދި މާސްކް ވެސް ގަންނަމުންނެވެ. ބައެއް މީހުން ބޭނުންވާ ވަރަށް ވުރެ އިތުރަށް ގަންނަމުންދާތީވެ އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ ތަކެތި ބޭނުން ޖެހޭ މީހުނަށް ބެހެއްޓުމަށް ސަރުކާރުން ވަނީ އެދިފަ އެވެ.