ހަބަރު

މިލަދޫ ފާމަސީ ފަޅާލައި ތިޖޫރީ ވަގަށް ނަގައިފި

Apr 20, 2020

ނ. މިލަދޫގައި ހުންނަ އެސްޓީއޯ ފާމަސީ ފަޅާލައި އެ ތަނުގައި ހުންނަ ތިޖޫރީ ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ މިލަދޫ އެސްޓީއޯ ފާމަސީގެ ދޮގު ހަލާކު ކޮށްލައިގެން ވަދެ އެ ތަނުގެ ތިޖޫރީ ވަގަށް ނަގާފައިވާ މައްސަލަ މިއަދު ހެނދުނު ނުވައެއް ޖަހާކަށް ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ ތިޖޫރީގައި ގާތްގަނޑަކަށް 3،000 ރުފިޔާ ހުންނާނެ ކަމަށް ތިޖޫރީއާ ހަވާލުވެގެން ތިބޭ މުވައްޒަފުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.