ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަތަލާ ރިސޯޓުން ވައިރަހަށް ޝައްކު ކުރެވޭ ދެ މީހަކު އެކަހެރި ކުރަނީ

Mar 10, 2020

އއ. އަތޮޅުގައި އޮންނަ ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓުގައި ދެ ބިދޭސީއެއްގެ ފަރާތުން ކޮރޯނާއަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން، އެ ދެ މީހުން އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން އިތުރަށް ބުނި ގޮތުގައި މި ދެ މީހުންނަކީ ކުރިން ޕޮޒިޓިވްވެފައިވާ ކޭސްއަކާ "ކްލޯސް ކޮންޓެކްޓް"ވި ދެ މީހުން ކަމަށެވެ.

މި ބައްޔަށް ރާއްޖެ އިން ހަ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ.

ބަތަލާގެ އިތުރުން ކުރެއްދޫއަށްވެސް އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ. އޭގެ އިތުރުން، އއ. ކުރަމަތި ރިސޯޓްގައި ހުރި ބިދޭސީއަކާއި ވިލިމަންދޫ ރިސޯޓުގައި ހުރި ދިވެހި މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެނިފައިވާތީ އެ ދެ ރިސޯޓަށް އަރާ ފޭބުންވެސް ވަނީ ވަގުތީގޮތުން ހުއްޓުވައިފަ އެވެ.

ވިލަމަންދޫގެ އެ މުވައްޒަފަކީ ކުރެއްދޫ ރިސޯޓަށް ޗުއްޓީއެއްގައި ދިޔަ މީހެކެވެ.