ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަންގްލަދޭޝްގައި ތިބި ޓީސީ ކުލަބު ލަންކާގައި ކަރަންޓީނުކުރަނީ

Mar 11, 2020

މި ވަގުތު ބަންގްލަދޭޝްގައި ތިބި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބް ރާއްޖެ ގެންނާނީ ސްރީލަންކާގައި ކަރަންޓީނުކޮށްފައިކަން ސަރުކާރުން ހާމަކޮށްފި އެވެ.

ބަންގްލަދޭޝުން ވެސް ވަނީ ކޮރޯނާ ވައިރަސް ފެނިފަ އެވެ. އެހެންވެ، ރާއްޖެއިން ވަނީ އެ ގައުމުން މީހުން އެތެރެވުން މަނާ ވެސް ކޮށްފަ އެވެ.

ކޮރޯނާ ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ މި ވަގުތު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ތިބި ޓީސީ ސްޕޯޓްސް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ލަންކާގައި ކަރަންޓީނު ކުރުމަށްފަހު ކަމަށެވެ. ކަރަންޓީނުގެ މުއްދަތަކީ ދެ ހަފުތާ އެވެ.

މަބުރޫކު ވިދާޅުވީ ބަންގްލަދޭޝްގައި ތިބި އެހެން ދިވެހިންގެ ތެރެއިން ވެސް ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށާއި އަދި އެކަމުގެ މަސައްކަތްތައް ވެސް ބަންގްލަދޭޝްއާ ގުޅިގެން ކުރަމުންދާ ކަމަށެވެ. ނަމަވެސް ބަންގްލަދޭޝްއިން އަންނަ ކޮންމެ މީހެއް ވެސް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް މަބުރޫކު ވިދާޅުވި އެވެ.