ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރާއްޖެއިން ލަންކާއަށް ދިޔަ ތިން މީހަކު ޕޮޒިޓިވްވެއްޖެ

May 31, 2020

ރާއްޖެއިން ސްރީލަންކާއަށް ދިޔަ ތިން މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

ސަރުކާރާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުގައިވާ ގޮތުގައި ކޮވިޑް-19އަށް ލަންކާއިން އިތުރު 60 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ރާއްޖެއިން އެ ގައުމަށް ދިޔަ ތިން މީހަކު ހިމެނެ އެވެ.

ލަންކާއިން މިހާތަނަށް 1،600 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ. އެ ގައުމުން ގެންދަނީ އެހެން ގައުމުތަކުގައި ތާށިވެފައި ތިބި އެ ގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް ގެންނަމުންނެވެ.

ރާއްޖޭގައި ވެސް ލަންކާގެ ގިނަ ބަޔަކު އުޅެމުންދާއިރު މާލެއިން ލަންކާގެ ބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ، ފަރުވާ ހޯދަމުން ވެސް އެބަދެ އެވެ.

ރާއްޖޭގައި ވެސް މިހާރު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 1،600 އަށްވުރެ މައްޗަށް އަރާފަ އެވެ. އޭގެ ތެރޭގައި ދިވެހިންގެ އިތުރަށް ބަންގްލަދޭޝް، އިންޑިއާ އަދި ލަންކާ މީހުން ހިމެނެ އެވެ.