ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް-19: ވިލާ މުއައްޒަފުންގެ މުސާރަ ކުޑަކޮށްފި

Mar 12, 2020
11
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ކުންފުނީގެ ވިރިޔާ ގާސިމް އިބްރާހިމް -- ފައިލް ފޮޓޯ | އަވަސް
0%
0%
100%

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ނޭދެވޭ އަސަރު ފޯރާ ކަމަށް ބުނެ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ މުއައްޒަފުންގެ މުސާރަ ކުޑަ ކުރަން ނިންމައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ސޮއި ކުރައްވައި، ނެރުއްވި ސާކިއުލާގައިވާ ގޮތުން ކޮވިޑް-19 ފެތުރޭތީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެއް ދުވަހަށް ވުރެ އަނެއް ދުވަސް މަދުވަމުންދާ ކަމަށާއި ރާއްޖެއިން ވެސް އެ ބަލި ފެނުމާ ގުޅިގެން އޭގެ އަސަރު އިތުރަށް ޓޫރިޒަމްއަށް ކުރަމުންދާ ކަމަށެވެ.

ވިލާއަށް އާމްދަނީ ލިބެނީ އެ ކުންފުނިން ހިންގާ ރިސޯޓުތަކުން ކަމަށްވާއިރު ގެސްޓުންގެ އަދަދު މަދުވެ އާމްދަނީ ވެސް މަދުވެފައިވާ ކަމަށް އެ ސާކިއުލާގައި ބުނެފައިވެ އެވެ. އަދި ކުންފުނި ދެމެހެއްޓުމަށްޓަކައި ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުގެ ތެރެއިން އެ ކުންފުނީގައި މަަސައްކަތް ކުރާ ހުރިހާ މުއައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ކުޑަ ކުރަން ބޯޑުން ނިންމާފައިވާ ކަމަށް ވެސް އެ ސާކިއުލަގައި ބުނެފައިވެ އެވެ.

މުސާރަ އުނި ކުރަން ނިންމާފައިވާ ގޮތް

މުސާރައިގެ 4999ރ. ގެ ދަށުގެ ބައިން 10 ޕަސަންޓު
މުސާރައިގެ 5000ރ. އިން ފެށިގެން 9999ރ. ގެ ބައިން 20 ޕަސަންޓު
މުސާރައިގެ 10،000ރ. އިން ފެށިގެން 49،999ރ. ގެ ބައިން 35 ޕަސަންޓު
މުސާރައިގެ 50،000ރ. އިން މަތީ ބައިން 50 ޕަސަންޓު

ވިލާއިން އިތުރަށް ބުނެފައި ވަނީ އެ ފިޔަވަޅު އަޅަން ނިންމީ އެއްވެސް މުއައްޒަފަކު ވަޒީފާއިން ވަކިކޮށްފި ނަމަ އެ ފަރާތަކަށް ލިބޭ ގެއްލުން މާ ބޮޑުވާނެތީ އާއި މުސަރަ އެ އަދަދަށް ކުޑަ ނުކޮށް ކުންފުނި ހިންގޭނެ އެއްވެސް ގޮތެއް ނެތިގެން ކަމަށެވެ. އަދި ހާލަތު ރަނގަޅުވަމުންދާ ވަރަކުން މުސަރައަށް ބަދަލުތައް ގެންނަމުންދާނެ ކަމަށް ވިލާ އިން ބުންޏެވެ.

"..ލިބޭ މުސާރަ މަދުވުމަކީ ކޮންމެ މީހަކަށް ވެސް ދަތިވާނެ ކަމަކަށްވާތީ އެކަމަށްޓަކައި ހުރިހާ މުއަައްޒަފުންގެ ކިބައިން މާފަށް އެދެން. މިފަދަ ކޮންމެ ފިޔަވަޅެއް ވެސް މި ކުންފުނިން އަޅަނީ އެންމެ ފަހު ކަމެއްގެ ގޮތުގައި އެހެން އެއްވެސް ގޮތެއް ނެތިގެން،" ސާކިއުލާގައި ބުނެފައިވެ އެވެ.

ވިލާ ކުންފުނީގެ ދަށުން ހިންގަމުން އަންނަނީ ޕެރެޑައިސް އައިލެންޑް ރިސޯޓާއި ރޯޔަލް އައިލެންޑް ރިސޯޓާއި ފަން އައިލެންޑާއި ސަން އައިލެންޑް އަދި ހޮލިޑޭ އައިލެންޑް ރިސޯޓެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ވެސް ކޮވިޑް-19 ފެނިފައި ވަނީ އިޓަލީ ފަތުރުވެރިއެއް ގައިންނެވެ. އަދި އޭގެ ފަހުން މިހާތަނަށް އެ ބަލި ޖެހިފައިވާ އަށް މީހަކު ފެނިފައިވެ އެވެ.

11 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މުމްތާޒް

2023 ޔަގީން

ހޮޅިކަލޯ

އެއްޗެއް ކަޑަން ވެއްޖެއްޔާ އެންމެ ކުރިން ފުންމައި ގަންނާނީ މީނަ. ދޭން ޖެހިއްޖެއްޔާ ދެކޮޅު ހަދާނީ ވެސް މީނަ

ޝައްފަ

ލާރި އަށް ބޫތު ކައިފަ ހުރި މީހަކު ނުދެކެން މިނޫނިއްޔާ.

ލލ

ދައުލަތުން ސިޔާސީ ޕާޓީ ތަކަށްދޭ ފައިސާ ދިނުން މިހާރުން މިހާރަށް ހުއްޓާލަންޖެހޭ !

ނަސްމާ

މިވަރުގެ ނުލަފާ އަދި ދަހި މީހެއް ނުދެކެން، ވަގުތުގެ ބޭނުން ހިފާލާފަ އަވަހަށް ކެމްޕޭންކުރަން ފައިސާ އެއްކުރާނެ ގޮތެއް ހަދާލީ، ވިލާގެ ހުރިހާ މުވައްޒަފުން އަމިއްލައަށް ވަޒީފާއިން ވަކިވާން ގޮވާލަން، ތިވަރުގެ ތަނެއްގަ އުޅެން ހެޔޮނުވާނެ،

ބުނަންތޯ

މިކިޔާ މަހުޖަނުން ވަރަށް މޮޅޭ، އެމީހުންނަށް ފައިސާ މަދުވާއިރަށް އެބައި އުނިކޮއްލާ ވަގުތުން... އެކަމަކު ވިޔަފާރި ރަންގަޅުވެގެން އެއްކަލަ މުޢަޒަފުން މަތިން ހަނދާނެއްނުހުރެ

ބޮކުރީ

ވަރައްގޮތްކުޑަ ނުފޯރާވަރުންވެސް ފޫގަޅަން އުޅުމުން ލަނޑެއް ވަންނާނެ. ތިޔަ ޢާއިލާގެކޮންމެވެސް ބަޔަކަށްވާނެ އިބްރާހީމުގެޤާސިމްގެ އެހީތެރިކަންލިބިފަ. މިހާރުވެސް ރަގަޅަށް ބަލާ. އަންނިގެ ވެރިކަމުގަ މުވައްޒަފުންގެ މުސާރައިން 3މަހަކެޑި%10އެއް އަހަރުވި އިރުވެސް ނުލިބުނު. ޙާލަތާގުޅޭގޮތުން ކަމެއްކުރުމުން ނުރުހޭނަމަ ދުރައްޖެހިލު ން މާރަގަޅު.

ހުސައިން

ގާސިމާ ސިޔާދު ކައިރީ ބުނައްޗޭ ހުރިހާ މީހުންގެ މުސާރަ ކުޑަކުރިއަސް އޯކޭ އެކަމަކު ބައްޕަ މީހުނާ އިންނަވަރަށް މީހުނާ ނީންނާތި؟؟؟؟؟؟؟

ބޮކުރީ

ފިރިހެނަކަށް އަނބިންލިބިދޭވަރު އެންމެ މާތްފޮތް ކީރިތި ޤުރުއާނު އޮތީ އަންގަވާފަ.

ނާރާތި

މިއީ މިގައުމުގެ ރައީސް ކަންކުރަން ހުރިމީހާގެ ހާލަތު ދެން ވިސްނާ ވެރިކަންދިނީމާވާނެވަެރު؟؟ އެހާކުޑަމުސާރައާ ސާވިސްޗާޖު ދެނީކުޑަކޮއް؟؟ އެހެންވެ މިބުނަނީ ރައީސް ޔާމީނު ވަރެއްނެތޭ؟؟ ކުރޯނާވެސް ދަރުމަވަންތަ ހޮސްޕިޓަލް ވަރެއްނެތޭ؟؟ ސާބަހޭ ޔާމީނު މިހާރު ވެރިކަމުގައިމިތިބީ ވާނުވާއެއްނޭގޭ ރީދޫ ބައެއް؟؟

މާޔާ

ރާއް ޖޭގައި ހުރި އެންމެ ބޮޑު ވިޔަފާރިވެރިޔާއާއި ބަލާ ލިބޭ ފައިސާ މެނޭ ޖްކުރަން ނޭނގޭ. ކޮންމެ ސިޗުއޭޝަނެއް ދިމާވިއަސް މުވައްޒަފުންނަށް ހަމައަށް މުސާރަ ދެވެންވާނެ. ލާރން ޓު ސޭވް ފޯރ އަ ރެއިނީ ޑޭ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345