ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ގައުމީ ކުތުބުހާނާގެ ހިދުމަތްތައް މެދުކަނޑާލައިފި

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ގައުމީ ކުތުބުހާނާ އިން ދެމުން ގެންދިޔަ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ކުތުބުހާނާ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ބަލާއާފާތް، ކޮރޯނާއިން ރައްކާތެރިވާން އަޅާ ފިޔަވަޅެއްގެ ގޮތު، މިއަދުން ފެށިގެން ކުތުބުހާނާގެ ހިދުމަތް ހުއްޓާލައި ބަންދުކޮށްފައިވާ ކަމަށެވެ. އަދި ގައުމީ ކުތުބުހާނާއާއެކު ކުޑަކުދިންގެ މަލްޓިމީޑީއާ ލައިބްރަރީ ވެސް ވަނީ ބަންދުކޮށްފައިވާ ކަމަށެވެ.

މި ދެ ލައިބްރަރީން ނެގުމަށްފަހު އަނބުރާ ހަވާލު ކުރަން ގެންދާ ތަކެތި، ހިދުމަތް ދޭން އަލުން ފަށާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އިތުރު ޖޫރިމަނާއަކާ ނުލާ ބަލައިގަންނާނެ ކަމަށްވެސް އެ އިއުލާނުގައި ވެ އެެވެ.

ކޮރޯނާ ބަލާއާފާތުގެ ވައިރަހުން ރައްކާތެރިވާން ކުންފުނިތައްވެސް ހިމެނޭ ގޮތަށް ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދެމުން ގެންދާ އޮންލައިން ހިދުމަތްތައް ބޭނުން ކުރުމަށް އެ ކުންފުނިތަކުން ވަނީ އެދިފަ އެވެ. މީގެ އިތުރުން، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް އެދެމުންނެވެ.