ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެކްސްކާޝަންތައް ވެސް ހުއްޓާލަނީ

މީހުން ދިރިއުޅޭ ރަށްރަށަށް އެކްސްކާޝަނަށް ދިއުން މިހާރުން ފެށިގެން ހުއްޓާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށަށް އެކްސްކާޝަނަށް ދިއުމާއި މީހުން ދިރިއުޅޭ ރަށްރަށުން ފަތުރުވެރިން ރިސޯޓުތަކަށާއި ސަފާރީތައްފަދަ ތަންތަނަށް އެކްސްކާޝަންއަށް ދިޔުން މިހާރުން ފެށިގެން ހުއްޓާލުމަށް އެދޭ ކަމަށެވެ.

އެޗްޕީއޭއިން ވަނީ މިހާލަތުގައި ބަލި ކޮންިޓްރޯލް ކުރަން އަޅަމުންދާ ފިޔަވަޅުތަކަށް އާންމު ފަރުދުންނާއި، ކުންފުނިތަކުންނާއި، ފަތުރުވެރިން ސަމާލުވެ އެންގުތަކާއި އެއްގޮތަށް އަމަލުކުރުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިއުލާންކޮށްފަ އެވެ.