ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް-19: މާލޭގެ ޕާކުތައް ބަންދުކޮށްފި

Mar 13, 2020

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން މާލޭގެ ހުރިހާ ޕާކެއް ބަންދު ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކޮވިޑް-19 ގެ ސަބަބން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވާތީ މިއަދުން ފެށިގެން ބަންދު ކުރަން ނިންމާފައި ވަނީ ޖުމްހޫރީ މައިދާނާއި ރަސްރަނި ބަގީޗާ ހިމެނޭ ގޮތަށް އެހެނިހެން މައިޒާންތަކާއި ޕާކުތަކެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ޕާކުތައް ބަންދު ކުރަން ނިންމާފައި ވަނީ ކިހާ މުއްދަތަކަށް ކަމެއް ބުނެފައެއް ނުވެ އެވެ.

ކޮރޯނާ ވައިރަސް ރާއްޖޭގައި ވެސް ފެތުރެމުން އަންނާތީ ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ 30 ދުވަހުގެ މުއްދަތަކަށެވެ. ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ އަށް މީހުންނެވެ. ނަމަވެސް މިހާތަނަށް އެއްވެސް ދިވެއްސަކަށް މި ބަލި ނުޖެހެ އެވެ.