ހަބަރު

ދީނަށް ފުރައްސާރަކުރި ހަރުކަށި މީހާ މިނިވަންކޮށްފި

Mar 13, 2020
3

ގދ. ތިނަދޫގައި ހުރެގެން މާތް ވެގެންވާ އިސްލާމްދީނަށް ފުރައްސާރަ ކުރަމުން ދަނިކޮށް ހައްޔަރު ކޮށްފައި ބެހެއްޓި ހަރުކަށި މީހާ، އަދި ލާދީނީ މީހާ، މުހައްމަދު ރުސްތަމް މުޖުތަބާ ދޫކޮށްލައިފި އެވެ.

ހަރުކަށި ލާދީނީ އެ މީހާ ދޫކޮށްލީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކަށް ކަމަށް ވެއެވެ. އަދި އެމީހާ ދޫކޮށްލީ އޭނާ "ހައްޔަރު ކުރެެވުނީ" ކުރީގެ ގާނޫނެއްގެ ދަށުން ކަމަށް ބުނެ އެވެ.

އޭނާ ދޫކޮށްލި މައްސަލައިގައި މިހާތަނަށް ސަރުކާރުގެ ކަމާ ބެހޭ އެއްވެސް ފަރާތަކުން އެއްޗެއް ބުނެފައި ނުވާތީ އާންމު ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ނުރުހުން ފާޅު ކުރަމުންނެވެ.

އަދި ހަރުކަށި ލާދީނީ އެމީހާ ހައްޔަރުން ދޫކޮށްލި ފަހުން އަނެއްކާ ވެސް އިސްލާމް ދީނަށް ފުރައްސާރަކޮށް ދިވެހި ދައުލަތަށް ގޮންޖަހައި ވަކި ތާރީހެއްގައި ދިވެހި ރާއްޖެ ސެކިއުލާ ދައުލަތަކަށް ބަދަލުވާނެ ކަމަށް ބުނެ ޓްވީޓްތައް ކުރަމުންދާ ކަމަށް ވެއެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރާ ހަރުކަށި މީހުންގެ މައްސަލަތަކާ ގުޅިގެން ފަހަކަށް އައިސް ފުލުހުން ވާހަކަ ދެއްކުން ލަސް ކުރެ އެވެ. މި މައްސަލާގައި ފުލުހުން ވެސް އެއްވެސް ޖަވާބެއް ނުދިނެވެ.