ގދ. ތިނަދޫ

ދީނާ ދެކޮޅުވި މީހާއަށް ކައުންސެލިން ދެނީ

އިސްލާމް ދީނާ ދެކޮޅު އެއްވުންތައް ބާއްވާ ޒުވާނުންނަށް ލާދީނީ ވާހަކަތައް ކިޔައިދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދެއްކުމުން ހައްޔަރުކުރި މީހާއަށް ކައުންސިލިން ދޭން ނިންމައިފި އެވެ.

ދީނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ލިޔާ މައްސަލާގައި ހައްޔަރު ކޮށްފައިވަ ނީ ރުޝްތުމްގެ ނަމުގައި އެކައުންޓެއް ހަދައިގެން ޓްވީޓް ކުރަމުންދިޔަ ތިނަދޫ މީހެކެވެ.

ފުލުހުން މިރޭ ބުނީ ހައްޔަރު ކޮށްފައިވާ އެ މީހާގެ ސައިކޮލޮޖިކަލް އެސެސްމެންޓެއް ހެދުމަށާއި އިސްލާމިކް މިނިސްޓްރީގެ ކައުންސެލިން ސެޝަންތަކަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި މާލޭގައި ކަމަށެވެ.

ފުލުހުން ހައްޔަރުކުރި މީހާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ތިނަދޫގެ ޒުވާނުންތަކެއް އެއްކޮށް ލާދީނީ ވާހަކަތަކެއް ކިޔައިދީފައިވާ ކަމަށެވެ. އަދި އެއީ އޭނާ ދީނާ ދެކޮޅަށް ކުރާ މަސައްކަތް ފާޅުގައި ފެށުން ކަމަށް ވެސް ބުނެފައިވެ އެވެ.

ކުރިއަށް އޮތް ތަނުގައި ލާދިނީ ބޮޑު ޖަލްސާތައް ވެސް ބާއްވާނެ ކަމަށް އޭނާ ޓްވީޓްގައި ބުނެފައިވެ އެވެ.

މީގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބަޔަކު މީހުން ވަނީ އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ގޮވާލާ މާލޭގެ އާޓިފިޝަލް ބީޗްގައި މުޒާހަރާއެއް ކޮށްފައެވެ.