ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ނުވަ ރިސޯޓަކުން މުވައްޒަފުން ފޭބުން މަނާކޮށްފި

ރާއްޖޭގެ އަށް ރިސޯޓަކުން ރިސޯޓެއްގެ މުވައްޒަފުން ފޭބުން މަނާކޮށްފި އެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ވައިރަސްގެ މައުލޫމާތުތައް ދިނުމަށް ހަމަޖައްސާފައިވާ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ހެލްތު ޕޮރެކްޓެޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާ އެއް ގޮތަށް މޮނިޓާރިން ހަލާތުގައި ހުރި އަށް ރިސޯޓެއްގެ މުވައްޒަފުން އެ ރިސޯޓުތަކުން ފޭބުން މަނާކޮށްފައިވާ ކަމަށެވެ.

މި ގޮތުން މުވައްޒަފުން ފޭބުން މަނާކޮށްފައިވާ ރިސޯޓުތަކަކީ ޅ. ކުރެއްދޫ ރިސޯޓާއި، އއ. ބަތަލާ ރިސޯޓާއި އއ. ކުރަމަތި ރިސޯޓާއި، ކ. ސަމަ އައިލެންޑް ރިސޯޓާއި، އދ. ވިލަމެންދޫ ރިސޯޓާއި، ކ. ރީތި ރަށް ރިސޯޓާއި، ދ. އިރުވެލި ރިސޯޓާއި، ސަން ގިލި އަދި، ލ. ސިކްސް ސެންސަސް ރިސޯޓެވެ. އެއީ، މިހާތަނަށް އެކި ގޮތް ގޮތުން ކޭސްތައް ފެނިފައިވާ ރިސޯޓުތަކެވެ.

އޭގެ ތެރެއިން ޅ. ކުރެއްދޫގެ ދެ ބިދޭސީ މުވައްޒަފަކަށާއި ދެ ޓޫރިސްޓުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އއ. ބަތަލާ ރިސޯޓުގައި ތިބި ދެ ޓޫރިސްޓުންނަށާއި އއ. ކުރަމަތި ރިސޯޓުގައި ތިބި ދެ ޓޫރިސްޓުންނަށް ވެސް ވައިރަސް ޖެހިފައިވެ އެވެ. ދެން ވައިރަސްއަށް ޕޮޒިޓިވްވީ ކ. އަނަންތަރަ ދިގު ރިސޯޓުގައި ހުރި ބިދޭސީއަކަށެވެ.

މިހާތަނަށް ރާއްޖޭން އެ ވައިރަސްއަށް ޕޮޒިޓިވް ނުވަ މީހަކު ފެނިފައިވާއިރު، ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ.