ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެމްޑީޕީގެ ހުރިހާ ކެމްޕެއިން ހަރަކާތްތައް ހުއްޓާލައިފި

ބަލާއާފާތެއްގެ ގޮތުގައި ދުނިޔެއިން ކަނޑައަޅާފައިވާ ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖޭގައި އާންމު ސިއްހައްތުގެ ކުއްލި ނުރައްކާ އިއުލާނުކޮށް ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފައިވާތީ އެމްޑީޕީގެ އިންތިހާބުގެ ކޭމްޕޭނުގެ ހުރިހާ ހަރަކާތްތަކެއް ހުއްޓާލައިފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮރޯނާ އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބުކުރައްވައި، ދެއްކެވި އިރުޝާދުތަކަށް އެ ޕާޓީން މަރުޙަބާ ކިޔާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބު ލަސް ކުރުމާއި ގުޅިގެން، އެ ޕާޓީގެ ލޯކަލް ކައުންސިލު އިންތިހާބުގެ ކޭމްޕޭނުގެ ހުރިހާ ހަރަކާތްތަކެއް އެއްކޮށް މެދުކަނޑާލައި، ކޮރޯނާ ވައިރަސް އާގުޅިގެން ރައްޔިޔުންގެ ކިބައިން ސަރުކާރުން އެދޭ ކޮންމެ ކަމެއްގައި އެ ޕާޓީގެ މެމްބަރުންނާއި އެންމެހާ އިންތިޒާމުތަކާއި ވަސީލަތްތަކެއް އެންމެ ފުޅާމިނެއްގައި ފޯރުކޮށްދީ، އެހީތެރިވެދޭނެ ކަމަށެވެ.،

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު އެވެ. ނަމަވެސް ކޮރޯނާ ވައިރަހާއި ގުޅިގެން އިންހާބު ބާއްވާ ތާރީހް ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ.