އޭއެފްސީ ކަޕް

އޭއެފްސީ ކަޕްގެ ހަފުތާގެ އެއްވަނަ ގޯލަކަށް އިއްބެގެ ގޯލް

އޭއެފްސީ ކަޕްގެ ހަފުތާގެ އެންމެ މޮޅު ގޯލްގެ ގޮތުގައި، އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީ ކޮޅަށް، މާޒިޔާގެ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ޖެހި ލަނޑު އޭއެފްސީ ހޮވައިފި އެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި، ގުރޫޕް އީ ގައި، އިންޑިއާގެ ޗެންނާއީ ސިިޓީ އެފްސީއާ ދެކޮޅަށް ޗެންނާއީގެ ޖަވާހަރުލާލް ނެހެރޫ ސްތޭޑިއަމްގައި ކުޅުނު މެޗުގައި، މާޒިޔާގެ ދެ ވަނަ ލަނޑު އިއްބެ ކާމިޔާބު ކުރީ ތިން ކުޅުންތެރިންގެ ކޮމްބިނޭޝަނާއެކު އެވެ.

މެޗުގެ 67 ވަނަ މިނެޓްގައި މާޒިޔައިން އުފެއްދި ކައުންޓާ އެޓޭކުގައި، ޗެންނާއީގެ އޭރިއާގެ ބޭރުން، ހަމްޒާ މުހައްމަދު (ހަމްޕް)، އޭރިއާ ތެރޭގައު ހުރި ހުސައިން ނިހާން (ނިޙާޓް) އަށް ބޯޅަ ދިނީ، ޗެންނާއިގެ ޑިފެންސްގެ ތެރެއިންނެވެ. ނިހާޓް އެ ބޯޅަ ކަޓު ކޮށްލީ އޭރިއާ ތެރޭގައި ހަބޭސް އިއްބެ ހުސްކޮށް ހުރުމުން އޭނާއަށެވެ. ޗެންނާއީގެ ޑިފެންޑަރުންނަށްވެސް ފުރުސަތު ނުދީ އިއްބެ ވަނީ އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލަފަ އެވެ.

އޭއެއެފްސީ އެންމެ މޮޅު ގޯލް ހޮވީ، ނިމިދިޔަ ހަފުތާގައި އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި، ޖެހި ލަނޑުގެ ތެރެއިން އެންމެ މޮޅު ހަތަރު ލަނޑު ނޮމިނޭޓް ކުރުމަށް ފަހު، އާންމުންގެ ވޯޓަށް ހުޅުވާލައިގެންނެވެ.

އޭއެފްސީ ނޮމިނޭޓް ކުރި ހަތަރު ލަނޑަކީ، ޗެންނާއީ ކޮޅަށް އިއްބެ ޖެހި ލަނޑުގެ އިތުރުން، ސިންގަޕޫރުގެ ޓެމްޕަނީ ރޯވާސް ކޮޅަށް މިޔަންމާގެ ޝާން ޔުނައިޓަޑްގެ ހެއިން ޕިޔޯ ވިން ޖެހި ލަނޑު، ވިއެޓްނާމްގެ ޓަން ކްއަންގް ނިންހް އާ ދެކޮޅަށް ކެމްބޯޑިއާގެ ސްވޭ ރިއެންގެ ކުޅުނު މެޗުގައި ސްވޭ ރިއެންގްގެ ކެމެރޫން ފޯވަޑް ޖިއާން ބެފެލޯ އެމްބާގާ ޖެހި ލަނޑު، އަދި ތަޖަކިސްތާންގެ އިސްތިގްލާލް އާއި ހަމަ އެގައުމުގެ ކުޖާންދު ބައްދަލު ކުރި މެޗުގައި އިސްތިގްލާލްގެ މަނޫޗެކްހާރު ޖަލިލޯވް ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ.

އޭއެފްސީ ވެބްސައިޓް މެދުވެރިކޮށް ވޯޓަށް ހުޅުވާލުމުން 1000 މީހުން ނަށް ވުރެ ގިނަ ވަނީ އެ ވޯޓް ދިފަ އެވެ. އޭގެ ތެރެއިން އިއްބެ ޖެހި ގޯލަށް 80 ޕަސަންޓް މީހުން ވަނީ ވޯޓް ދީފަ އެވެ. ޝާން ޔުނައިޓަޑްގެ މިޔަންމާގެ ފޯވަޑް ހެއިން ޕިޔޯ ވިން ޖެހި ގޯލަށް ލިބިފައި ވަނީ 19 ޕަސަންޓް ވޯޓެވެ. ސްވޭ ރިއެންގް އެމްބާގާ ޖެހި ލަނޑަށް ލިބިފައި ވަނީ އެއް ޕަސަންޓް ވޯޓެވެ. ޖަލިލޯވް ގެ ގޯލަށް އެއްވެސް ވޯޓެއް ލިބިފައެއް ނުވެ އެވެ.

އިއްބެ ފާހަގަ ކުރެވިފައި ވަނީ، އިންޓަނޭޝަނަލް މެޗުތަކުގައި މުހިންމު ގޯލް ޖަހާ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. މިފަހަރުގެ އޭއެފްސީ ކަޕްގައި ކުޅުނު ފަސް މެޗުގެ ތެރެއިން އޭނާ މިހާތަނަށް ވަނީ ތިން ގޯލް ޖާހަފަ އެވެ.