ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާފުށި ޖަލު ސާފުކޮށް، ޑިސްއިންފެކްޓު ކުރަން ފަށައިފި

Mar 14, 2020
މާފުށި ޖަލު ސާފުކޮށް ޑިސްއިންފެކްޓް ކުރުމުގެ ތެރެއިން. -- ފޮޓޯ: ކަރެކްޝަންސް
0%
0%
0%

ދުނިޔޭގައި ވަރަށް ހަލުވި މިނުގައި ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް މިހާރު ރާއްޖޭންވެސް ފެނިފައިވާއިރު، ރާއްކާތެރި ފިޔަވަޅެއްގެ ގޮތުން ކ. މާފުށީގައި ހުންނަ ޖަލު ސާފުކޮށް، ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ކަރެކްޝަންސްއިން މިއަދު ބުނީ، ރައްކާތެރި ކަމަށް އަޅާ ފިޔަވަޅެއްގެ ދަށުން ރާއްޖޭގެ މައި ޖަލު މާފުށީ ޖަލު މިއަދުން ޑިސްއިންފެކްޓް ކުރަން ފަށާފައިވާ ކަމަށެވެ.

ކަރެކްޝަންސްއިން ބުނީ އެ ހަރަކާތުގައި ޖަލުގެ ގޮޅިތަކާއި ފާހާނާތަކާއި ކޮރިޑޯތަކުގެ އިތުރުން ގައިދީންނާއި ބޭނުންކުރާ އާންމު ތަންތަންވެސް ސާފުކޮށް ޑިސްއިންފެކްޓްކުރާނެ ކަމަށެވެ.

އޭގެ އިތުރުން ކޮރޯނާވައިރަހަށް ގައިދީން ހޭލުންތެރިކުރުމުގެ ގޮތުން، މައުލޫމާތު ވެސް ހިއްސާކުރަން ހަމަޖެހިފައިވާ ކަމަށް ވެސް ކަރެކްޝަންސްއިން ބުންޏެވެ.

މާފުށި ޖަލު ސާފުކޮށް ޑިސްއިންފެކްޓް ކުރުމުގެ ތެރެއިން. -- ފޮޓޯ: ކަރެކްޝަންސް

ކޮވިޑް19އަށް ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު މިހާތަނަށް ވަނީ 10 އަކަށް އަރާފައި އެވެ. ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ މުޅިން ވެސް ބިދޭސީންނެވެ. ކޮވިޑް19 ފެތުރެމުންދާތީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަކަށެވެ.

ޖަލުތަކުގައި ތިބި ރާއްކާތެރިކަމަށްޓަކައި އެކަހެރި ބައްދަލުވުންތަކާއި އާއިލީ ބައްދަލުވުންތައްވެސް ވަނީ މެދުކަނޑާލައިފަ އެވެ.

އަދި ގައިދީންނަށް އަންނައުނު ފޯރުކޮށްދިނުންވެސް މެދުކަނޑާލާފައިވާ ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފަ އެވެ.

ނަމަވެސް، އާއިލާއާއި އޮންނަ ގުޅުން ބަދަހިކޮށް އިތުރު ފުރުސަތު ހޯދައިދިނުމުގެ ގޮތުން ގައިދީންނަށް ދެމުންދާ ފޯންކޯލްތައް އިތުރުކުރުމަށް ވަނީ ނިންމައިފަ އެވެ.

އޭގެ އިތުރުން، ރޯނގާ ޖެހިފައިވާ ގައިދީއަކު ޝަރީއަތަށް ކޯޓަށް ހާޒިރު ނުކުރުމަށްވެސް ވަނީ ނިންމާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345