ވިޔަފާރި

ރޯދަ އަށް އަގުހެޔޮކޮށް މުދާ ވިއްކަން ރެޑްވޭން ތައްޔާރު

Mar 15, 2020

ކުރިއަށް އޮތް ރޯދަ މަހަށް ބޭނުންވާ ތަކެތި އަގުކޮށް ވިއްކަން ރެޑްވޭވުން ތައްޔާރު ވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އަވަސް އަށް ވާހަކަ ދައްކަވަމުން ރެޑްވޭވްގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނިން ރޯދަ އަށް ހާއްސަ ކޮށް ބޭނުންވާ ބާވަތްތައް ގެންނަމުންދާ ކަމަށެވެ. ކުރިއަށް އޮތް ރޯދަ މަހަށް ބޭނުންވާ ސާމާނު ހުސްނުވެ ލިބެން ހުންނާނެ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުން ބޭނުން ވާނެ އެންމެ މުހިންމު ބާވަތްތައް އަގު ހެޔޮކޮށް މި އަހަރު ވެސް ލިބޭނެ. އެންމެ އަގު ހެޔޮކޮށް މުދާ ފޯރުކޮށް ދޭން މި ވަނީ ތައްޔާރުވެފައި،" އޮފިޝަލް ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު އެންމެ އަގު ހެޔޮކޮށް މުދާ ގަންނަ އެއް ފިހާރަ އަކަށް ރެޑްވޭވް އެވެ. އެކަން ގިނަ ބަޔަކު އަބަދުވެސް ފާހަގަ ކުރެ އެވެ.އަދި އަހަރަކު އިކޮނޮމިކް މިނިސްޓްރީން އާއްމުކުރާ އެންމެ އަގުހެޔޮ ލިސްޓުގައި އެ ކުންފުނީގެ ފިހާރަތައް އަބަދު ވެސް ހިމެނެ އެވެ.

ރެޑްވޭވުން ދަނީ ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށް ޕްރޮމޯޝަނެއް ހިންގަމުންނެވެ. މި ޕްރޮމޯޝަން ރޯދައިގެ ނިޔަލަށް ކުރިއަށްދާއިރު ގިނަ އިނާމުތަކެއްވެސް ލިބެ އެވެ.

ސޭލްގައި ލިބޭ އިނާމްތައް

  • އެއްވަނަ އަށް: 100،000 ރުފިޔާގެ ފައިސާގެ އިނާމު
  • އިތުރު ފަސް ނަސީބުވެރިން: ކޮންމެ މީހަކަށް 10،000 ރުފިޔާ
  • ގުރުއަތުން ހޮވޭ އެއް ފަރާތަކަށް 75 އިންޗީގެ ޓީވީއެއް
  • ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް 55 އިންޗީގެ ޓީވީ
  • ގުރުއަތުން ހޮވޭ 10 ފަރާތަކަށް 49 އިންޗީ ޓީވީ

ރެޑްވޭވް އިން ވަނީ މަޝްހޫރު ބަދިގެ އާއި ގެއަށް ބޭނުންވާ ސާމާނު އުފައްދާ "ޝާޕް" އާއި "ހައިސެސް" ޓީވީ ބްރޭންޑު ރާއްޖެ އަށް ތައާރަފުކޮށްފަ އެވެ.

ރެޑްވޭވަށް ޝާޕްގެ ޑިސްޓްރިބިއުޓާޝިޕް އެ ކުންފުންޏަށް ލިބުމާއެކު، މިހާރު ތައާރަފު ކޮށްފައިވާ ރޭންޖުތަކުގެ ތެރޭގައި އިސްތިރި އާއި ވެކިއުމް ކްލީނާ އަދި ފެން ކައްކާ ޖަގުގެ އިތުރުން ރައިސް ކުކާ އާއި އައިސް އަލަމާރި ހިމެނެ އެވެ މީގެ އިތުރުން ހިމެނެނީ ޝަވާ ހީޓާ އާއި ދޮންނަ މެޝިން، އަދި މިކްސަރުގެ އިތުރުން އަވަނާއި މައިކްރޯވޭވް އަވަން އެވެ.

ރެޑްވޭވް ލިވިން މޯލްގައި ލިބެން ހުރި ހުރި އެހެން ބާވަތްތަކުގެ ތެރޭގައި އެއާ ޕިއުރިފަޔާ އާއި އެއާ ކޫލަރު ހިމެނޭ ކަމަށެވެ. މީގެ އިތުރުން ހޯމްތިއޭޓާގެ ފަސް ވައްތަރެއް ވެސް ހިމެނޭ ކަމަށެވެ.

ރާއްޖޭގައި ހައިސެންސް ޓީވީގެ އޮތޮރައިޒްޑް ޑިސްޓިބިއުޓާއަކީ ވެސް ރެޑްވޭވް އެވެ. އެ ކުންފުނީގެ ފިހާރަ ތަކުން ހައިސެންސް ލެޑް އެޗްޑީ އާއި ފުލް އެޗްޑީ އަދި ޔޫލެޑް ޔޫއެޗްޑީގެ އިތުރުން ލޭޒާ ޓީވީ ލިބެ އެވެ.

ރެޑްވޭވުން ރާއްޖޭގައި 11 ފިހާރަ އަކާއި ހަތް ސުޕަ މާކެޓު ހިންގަ އެވެ. އެ ކުންފުނިން ހުޅުމާލޭގައި ހިންގާ "މެގަ މޯލް" އަކީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް ފިހާރަ އެވެ.