ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސްޕެއިނުން އައި ދިވެއްސަކަށް ޝައްކު ކުރެވިގެން ޓެސްޓުކުރަނީ

Mar 15, 2020
1

ސްޕެއިން އިން މިއަދު އައި ދިވެއްސެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން، އެ މީހާ ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އެ މީހާ މިހާރު ފަރުކޮޅުފުއްޓަށް ގެންގޮސް ޓެސްޓް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ އައިސްފައިވަނީ ދޯހާ މަގުން މިއަދު ރާއްޖެ އައި ގަތަރު އެއާވޭސް ފްލައިޓުގަ އެވެ. އެ މީހާ ބޯޓުން ބޭލުމަށްފަހު، އެ ބޯޓުގައި ތިބި އެހެން ފަސަންޖަރުން ދެ ގަޑިއިރަށްވުރެ ގިނަ އިރު ބޯޓުގައި ތިބެންޖެހުނެވެ. އަދި މިހާރު އެ ހުރިހާ ފަސަންޖަރުންގެ ހާލާއި މައުލޫމާތު ހޯދަމުންދާކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ރާއްޖެއަށް މީހުން އެތެރެނުވެވޭ ގައުމުތަކުގެ ތެރޭގައި ސްޕެއިން ހިމެނެ އެވެ. ސްޕެއިންގެ އިތުރުން ރާއްޖޭން ވަނީ ޗައިނާ އާއި، އިޓަލީ، އިރާނު، ބަންގްލަދޭޝް، ދެކުނު ކޮރެއާގެ ދެ ސިޓީއަކާއި، ފްރާންސް އަދި ޖަރުމަނުގެ ބައެއް ސިޓީތަކުން މީހުން އެތެރެވުން މަނާކޮށްފަ އެވެ.

ނަމަވެސް، އެ ގައުމުތަކުން އަންނަ ދިވެހިންނަށް ރާއްޖެއަށް އެތެރޭނެކަމަށް ސަރުކާރުން ބުނެފައިވާއިރު، އެ މީހުން 14 ދުވަހަށް ކަރަންޓީނުކުރާނެ އެވެ.

ރާއްޖޭން މިހާތަނަށް 13 ބިދޭސީއަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ. އެޗްޕީއޭއިން އިއްޔެ ވަނީ މުހިންމު ހަތަރު ފިޔަވަޅެއް އަޅާފަ އެވެ.

އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ. އަދި، ޔޫރަޕްގެ ސްޕެއިން، ޖާމަނީ އަދި ފްރާންސްގެ ބައެއް ސަރަހައްދުތަކުން މީހުން ރާއްޖެ އައުން މަނާކޮށްފަ އެވެ.

އޭގެއިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.