ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސްޕެއިނުން އައި ދިވެހި މީހާ ވެސް ނެގެޓިވް

Mar 16, 2020
1

ސްޕެއިން އިއްޔެ އައި ދިވެއްސަކު، ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ޓެސްޓް ކުރުމުން، އެ ވައިރަހަށް ނެގެޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

ސްޕެއިން އަށް ދަތުރުކުރުމަށްފަހު އިއްޔެ ރާއްޖެއައި ގަތަރު އެއާވޭސް ފްލައިޓުން އައި އެ މީހާ، ޓެސްޓު ކުރުމަށްޓަކައި ފަރުކޮޅުފުއްޓަށް ގެންގޮސްފައިވަނީ ބޯޓުން ބޭލުމާއެކު އެވެ.

ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ރޭ ވިދާޅުވެފައިވަނީ އެ ދިވެހި މީހާއާ ކޮންޓެކްޓްވި މީހުން ހޯދުމަށްފަހު 12 މީހަކު އެކަހެރިކޮށް ތިބުމަށް އަންގާފައިވާ ކަމަށެވެ. އަދި ބޯޓުގައި ދެން ތިބި އެހެން މީހުން ދޫކޮށްލާފައިވާ ކަމަށެވެ.

މިއަދު އެޗްޕީއޭ އިން ބުނީ ސްޕެއިންއިން އައި މީހާ ކޮވިޑް-19އަށް ނެގެޓިވްވެފައިވާ ކަމަށެވެ.

ސްޕެއިންއިން އައި މީހާ ކޮވިޑް-19އަށް ނެގެޓިވްވެފައިވާއިރު، އަނަންތަރާ ދިގު ރިސޯޓްގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި ދިވެހި މީހާވެސް އެ ވައިރަހަށް ވަނީ ނެގެޓިވްވެފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

އެއީ އަންނަންތަރާ ދިގު ރިސޯޓްގެ ދެ މީހުންގެ އިތުރުން ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ.