ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޕޮޒިޓިވްވި މީހުންގެ ގައުމުތައް ހާމަކޮށްފި

Mar 16, 2020

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ބިދޭސީންގެ ގައުމުތައް ސަރުކާރުން ފުރަތަމަ ފަހަރަށް މިއަދު އާއްމުކޮށްފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިރަހާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 13 މީހުން ނިސްބަތްވަނީ ފަސް ގައުމަކަށް ކަމަށެވެ.

ޕޮޒިޓިވްވި މީހުންގެ ގައުމުތައް

  • އިޓަލީ - 9
  • ތުރުކީ - 1
  • ދެކުނު އެފްރިކާ - 1
  • ޖަރުމަނު - 1
  • އިނގިރޭސިވިލާތް - 1

ސަރުކާރުން މީގެ ކުރިން އެ މައުލޫމާތު ހާމަކުރަން ދެކޮޅު ހަދާފައިވަނީ އެ މީހުންގެ ޒާތީ މައުލޫމާތު ސިއްރު ކުރަން ކަމަށް ބުނެ އެވެ. އަދި މަބުރޫކު ވިދާޅުވެފައިވަނީ ވަކި ރިސޯޓެއްގައި ހުރި ޕޮޒިޓިވްވި މީހެއްގެ ގައުމު ހާމަކޮށްފިނަމަ، އެއީ ކާކުކަން ދެނެގަތުމަށް ފަސޭހަ ވާނެތީ ކަމަށެވެ.

އެގޮތުން، އެ މައުލޫމާތު މިއަދު ހާމަކޮށްފައިވީ ނަމަވެސް، ޕޮޒިޓިވްވި މީހާ ހުރީ ކޮން ތަނެއްގައި ކަމެއް ތަފްސީލުކޮށްފައެއް ނުވެ އެވެ.

މަބުރޫކު އިތުރަށް ވިދާޅުވި ގޮތުގައި، ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ހަ ފިރިހެނުންނާއި ހަތް އަންހެނުން ކަމަށެވެ.

ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ، އަންނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ.