ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19: ބައި ބިލިއަނަށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުން ހުއްޓިފައި

Mar 16, 2020

ޗައިނާ އިން އުފަންވެގެން މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮރޯނާ ވައިރަހުގެ ސަބަބުން ބައި ބިލިއަނަށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުން ގެއްލިފައިވާކަމަށް އދ. ތައުލީމާބެހޭ ޖަމިއްޔާ އިން ބުނެފި އެވެ.

ޔުނެސްކޯ އިން ބުނި ގޮތުގައި ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި، ތަފާތު 56 ގައުމަކުން މިހާތަނަށް ސްކޫލްތަކާއި ކޮލެޖުތަކާއި އަދި ޔުނިވާސިޓީތައް ބަންދުކޮށްފައިވާ ކަމަށެވެ.

ޔުނެސްކޯގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ގިނަ ގައުމުތަކަށް ކުރިމަތިވެފައިވާ މި މައްސަލަ ހައްލުކުރަން މަޝްވަރާ ކުރުމުގެ އިތުރުން، މުސްތަގުބަލުގައި ދުނިޔޭގެ ތައުލީމީ ނިޒާމު އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށެވެ.

އެ ޖަމިއްޔާ މީގެ ކުރިން އަންދާޒާކޮށްފައިވާ ގޮތުގައި، ސްކޫލްތައް ބަންދުވުމުގެ ސަބަބުން ދުނިޔޭގައި ކިޔަވަމުންދާ ކޮންމެ ފަސް ދަރިވަރަކުން އެއް ދަރިވަރެއްގެ ކިޔެވުން ހުއްޓިފައިވާ ކަމަށެވެ. ނަމަވެސް، އޭރު ސްކޫލުތައް ބަންދުކޮށްފައިވަނީ އެންމެ 15 ގައުމަކުންނެވެ.

ޔުނެސްކޯ އިން އިތުރަށް ބުނެފައިވާ ގޮތުގައި ދަރިވަރުންގެ ކިޔެވުން އަލުން ފެށުމަށްޓަކައި ޓެކްނޮލޮޖީ އާއި އަދި ޓެކްނޮލޮޖީއާނުލާ ވެސް ހައްލުތަކެއް ހޯދަންޖެހޭ ކަމަށެވެ.

މުޅި ދުނިޔޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު މިހާރު 153،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އެ ބަލީގައި މިހާތަނަށް 5،700 މީހުން ވަނީ މަރުވެފަ އެވެ.