ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޑައިރެކްޓު ކޮންޓެކްޓުވެ، ހުޅުމާލޭން އެކަހެރި ކުރި މީހާ ނެގެޓިވް

Mar 16, 2020
2

އަނަންތަރާ ދިގު ރިސޯޓްގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި ދިވެހި މީހާ އެ ވައިރަހަށް ނެގެޓިވްކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

ކޮންޓެކްޓް ޓްރޭސިން ހެދުމުގެ ތެރޭގައި އެ މީހާ އަނަންތަރާ ދިގު ރިސޯޓްގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވިކަމަށް އެނގިގެން، ބެލި ބެލުމުގައި އޭނާ އެވަގުތު ހުރީ ހުޅުމާލޭގައި ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ޓެސްޓް ކުރުމަށްޓަކައި އޭނާ ފަރުކޮޅުފުއްޓަށް ގެންގޮސްފައިވަނީ ހުޅުމާލޭންނެވެ.

އެޗްޕީއޭއިން މިއަދު ބުނީ ހުޅުމާލެއިން ފަރުކޮޅުފުއްޓަށް ގެންގޮސް އެކަހެރި ކުރެވުނު ދިވެހި މީހާގެ ޓެސްޓުގެ ނަތީޖާ ކޮވިޑް-19 އަށް ނެގެޓިވްވެފައިވާ ކަމަށެވެ.

އަނަންތަރާ ދިގު ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ބިދޭސީ ދެމަފިރިއަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ. އެމީހުން ވެސް މިހާރު ތިބީ ފަރުކޮޅުފުށީގަ އެވެ. އަނަންތަރާ ދިގު ރިސޯޓްގައި ވެސް ބަޔަކު އެކަހެރިކޮށްފައިވެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

އެއީ އަންނަންތަރާ ދިގު ރިސޯޓްގެ ދެ މީހުންގެ އިތުރުން ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ.